ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ

2024 ވަނަ އަހަރުގެ 03 ވަނަ ބައްދަލުވުން (ސިއްރު)

28 ފެބްރުއަރީ 2024 11:00 ނަންބަރު 3

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކައިރީގައި މުޒާހަރާ ކުރަމުންދިޔަ މުޒާހަރާގެ ބައިވެރިން މަޖިލީހުގެ ގޭގެ ވަށާ ފާރު މައްޗަށް އަރައި، ގޯތިތެރެއަށް އެއްޗެހި އުކާފައިވާ މައްސަލައާ ގުޅޭގޮތުން މިނިސްޓަރ އޮފް ޑިފެންސް އަދި ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލުކުރެއްވުމެވެ. އެގޮތުން މިނިސްޓްރީ އޮފް ޑިފެންސް އިން ފޮނުއްވާފައިވާ ސިޓީގައި ސިއްރު މަޢުލޫމާތު ތަކެއް ހިމެނިފައިވާތީ، ބައްދަލުވުން ކުރިއަށް ގެންދާނެ ގޮތަކާމެދު މަޝްވަރާ ކުރެއްވިއެވެ. އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ހުށަހެޅުއްވީ، ސިއްރުކުރުމަށް ބޭނުންވާ ބައިތައް ފަހުން ކުރިއަށް ގެންދިއުމަށް އަދި ފުރަތަމަ ބައި ހުޅުވާލެވިގެން ކުރިއަށް ގެންދިއުމަށެވެ. މި ހުށަހެޅުމަށް އެއްވެސް މެންބަރަކު އިއުތިރާޒް ނުކުރާތީ ވޯޓައް އެއްސެވިއެވެ. މިހުށަހެޅުން ކޮމިޓީއަށް އެވަގުތު ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ވަނީ ފާސްވެފައެވެ. ދެން ކޮމިޓީގައި ކުރިއަށް ގެންދެވީ، ރާއްޖޭގެ ހާއްސަ އިޤްތިޞޯދީ ސަރަޙައްދާއި ޗާގޯސްގެ ކަނޑުގެ ސަރަޙައްދާ ގުޅޭ މައްސަލާގައި، މޮރިޝަސް އިން ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ލިބިގެންވާކަން ރާއްޖެއިން ޤަބޫލުކޮށް މޮރިޝަސްގެ ބޮޑު ވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީއާ ގުޅޭ މައްސަލައާ މެދު އެވެ. އެގޮތުން މި މައްސަލަ ދިރާސާކުރުމަށް ސަބް ކޮމިޓީއެއް އެކުލަވާލުމަށް ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ހުށަހަޅުއްވައި ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ތާއީދު ކުރެއްވިއެވެ. މި ހުށަހެޅުމަށް ވޯޓައް އެއްސެވުމުން ކޮމިޓީއަށް ހާޒިރުވެ ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ވަނީ ސަބް ކޮމިޓީއެއް ނެގުމަށް ފާސްވެފައެވެ. އެއަށްފަހު ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ނަންފުޅުތައް ހުށަހެޅުމަށް ފުރުސަތު ހުޅުވާލުމުން ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ހުށަހަޅުއްވައި ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ތާއީދު ކުރައްވައި ސަބް ކޮމިޓީގައި ހިމެނޭ މެންބަރުން ކޮމިޓީގެ އިއްތިފާޤުންވަނީ ފާސްވެފައެވެ. ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަނަވާ މެންބަރުން: 1. މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް 2. ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން 3. ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދު

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

31 ޖެނުއަރީ 2024

ދިވެހި ފުލުހުންގެ ޚިދުމަތުން އެ ފަރާތަށް ޤާނޫނުއަސާސީއިން މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކޮށްފައިވޭތޯ ބެލުމަށް ހުށަހަޅުއްވާފައިވާ މައްސަލަ

ކުރިޔަށް ދަނީ

1 ނޮވެމްބަރު 2022

މޮރިޝަސްގެ ބޮޑުވަޒީރަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ސިޓީއެއް ފޮނުއްވާފައިވާކަމަށް، ދިވެހިރާއްޖޭގެ ބަންޑާރަނައިބު އިންޓަރނޭޝަނަލް ޓްރައިބިއުނަލްގައި ވިދާޅުވެފައިވާ މައްސަލަ

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA