ލާމަރުކަޒީ ކޮމިޓީ

2024 ވަނަ އަހަރުގެ 3 ވަނަ ބައްދަލުވުން

12 މާރިޗު 2024 13:00 ނަންބަރު 3

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު، އަޙްމަދު އީސާ ހުށަހަޅުއްވާފައިވާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރަސްމީ ދަތުރުފުޅެއްގައި ނ. ކެނދިކުޅުދޫއަށް ވަޑައިގެން، ރަށު ކައުންސިލުން ޚަރަދުކޮށް އިންތިޒާމްކުރި ދައުލަތުގެ ރަސްމީ ހަފްލާއެއްގައި، 21 އެޕްރީލް 2024 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ނިސްބަތްވާ ޕާޓީއަށް ތާއީދު ހޯއްދެވުމުގެ ގޮތުން ވާހަކަފުޅު ދައްކަވާފައިވާތީ، އެކަން ކުށްވެރި ކުރައްވައި އެފަދަ ކަންކަން ތަކުރާރު ނުކުރެއްވުމަށް އިލްތިމާސްކުރައްވައި، މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާއިން 02 މާރިޗު 2024 ގައި ނެރެފައިވާ ނަންބަރު: (PR)286-CB/286/2024/1 ނޫސްބަޔާން ބާޠިލުކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެ ކައުންސިލަށް އަންގަވާފައިވާ މައްސަލައެވެ. މެންބަރުންގެ މަޝްވަރާތަކަށްފަހު މައްސައަލާ ގުޅިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ފޮނުއްވާފައިވާ ނަންބަރު: 221-LMI/57/2024/2 ސިޓީގައި "ލޯކަލް ކައުންސިލްތަކަކީ ސަރުކާރުގެ ފަށަލައަކަށްވެފައި ކައުންސިލްތަކަށް ލިބިދީފައިވަނީ އާންމު ޚިދުމަތް ދިނުމާއި އެ ޚިދުމަތްތައް ހިންގުމަށް ބާރުތައް ކަމަށްވާތީ،..." މިފަދައިން ބަޔާންކޮށްފައިވާތީ، މިއީ ދިވެހިރާއްޖޭގެ ލާމަރުކަޒީ ޤާނޫނުގެ އުޞޫލުތަކާ ޚިލާފަށް ބަޔާންކޮށްފައިވާ ވާހަކައެއްކަމަށް ވިދާޅުވެ، މިކަމާ ގުޅިގެން ހަމައެކަނި ލޯކަލް ގަވަރމަންޓް އޮތޯރިޓީއާ ބައްދަލުކުރެއްވުމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުށަހަޅުއްވާ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙް ތާއީދުކުރައްވާފައިވެއެވެ. އެ ހުށަހެޅުމާ ގުޅިގެން ވޯޓަށް އެއްސެވިއެވެ. އަދި، ވޯޓަށް އެއްސެވުމުން ކޮމިޓީއަށް އެވަގުތު ހާޒިރުވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

5 މާރިޗު 2024

ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ނޫސްބަޔާން ބާޠިލުކުރުމަށް އެލް.ޖީ.އޭއިން އަންގާފައިވާ މައްސަލަ

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA