ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

20 މާރިޗު 2024 12:00

ނަންބަރު

7

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2024 ވަނަ އަހަރުގެ 07 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުވައްމުލަކު ކަރަންޓު މައްސަލައިގެ މަޢުލޫމާތު ސާފުކުރެއްވުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއެކު ބޭއްވި ބައްދަލުވުން ކޮމިޓީގެ މުޤައްރިރު ކުއްލިގޮތަށް ނިންމާފައިވާތީ، އެ ބައްދަލުވުން އަލުން ބޭއްވުމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބު އަބްދުﷲ ހުށަހަޅުއްވައި، އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ތާއިދުކުރެއްވި ހުށަހެޅުން ކޮމިޓީގެ އެއްވެސް މެންބަރަކު އިއުތިރާޒް ނުކުރައްވާތީ، ފާސްވިއެވެ. އެއަށްފަހު، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރ 14 ދުވަހަށް ސަސްޕެންޑްކުރައްވާފައިވާ މައްސަލައިގެ މަޢުލޫމާތު ސާފުކުރެއްވުމަށް އެބޭފުޅާއާއި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު ކޮމިޓީއަށް ހާޒިރުކުރުމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބު އަބްދުﷲ ހުށަހަޅުއްވައި، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ތާއިދުކުރެއްވި ހުށަހެޅުން ކޮމިޓީގެ އެއްވެސް މެންބަރަކު އިއުތިރާޒް ނުކުރައްވާތީ، ފާސްވިއެވެ. އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް 50 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައިވާތީ، އެ ލޯނާ ގުޅޭ މަޢުލޫމާތު އެ ކުންފުނިން ސާފުކުރެއްވުމަށް ނިންމެވިއެވެ. އެއަށްފަހު ކޮމިޓީ ނިންމަވާލެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA