ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

25 މާރިޗު 2024 12:30

ނަންބަރު

8

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2024 ވަނަ އަހަރުގެ 08 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ކޮމިޓީން އެކި އިދާރާތަކާއެކު ބައްދަލުވުންތައް ކުރިއަށްގެންދަވާއިރު މެންބަރުންނަށް ސުވާލުކުރުމަށް ފުރުސަތު ދޭނެ މިނިޓާ ގުޅޭގޮތުންނެވެ. އެގޮތުން ކޮންމެ މެންބަރަކަށް ސުވާލާއި ޖަވާބަށް 10 މިނިޓު ދިނުމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބު ޢަބްދުﷲ ހުށަހަޅުއްވައި، އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ތާއިދުކުރެއްވިއެވެ. އަދި ކޮންމެ މެންބަރަކަށް ސުވާލާއި ޖަވާބަށް 7 މިނިޓު ދިނުމަށް ވިލުފުށި ދާއިރާގެ މެންބަރު ޙަސަން އަފީފް ހުށަހަޅުއްވައި، މާފަންނު މެދު ދާއިރާގެ މެންބަރު ތާއިދުކުރެއްވިއެވެ. ފުރަތަމަ ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އަޣުލަބިއްޔަތުން އެ ހުށަހެޅުން ފާސްވެފައިވާތީ (6 ވޯޓު)، ދެވަނަ ހުށަހެޅުއްވުމަށް ވޯޓަށް އައްސަވާފައި ނުވެއެވެ. ބޭންކް އޮފް މޯލްޑިވްސްއިން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ދޭންވާވަރަށް އެއްބާރުލުން ނުދެއްވާކަމަށް އެ ބޯޑުން ވިދާޅުވެފައިވާތީ، އެކަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު އަދި ބޭންކް އޮފް މޯލްޑިވްސްގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. މިގޮތުން ދެފަރާތުގެ ދެމެދުގައި ގިނަ ބައްދަލުވުންތަކާއި ސިޓީތައް ބަދަލުކުރެވިފައިވާކަމަށާއި މިހާރު މައްސަލަ ވަނީ ޙައްލުވުމުގެ މަރުޙަލާގައިކަމަށް އެބޭފުޅުން ވަނީ މަޢުލޫމާތު ދެއްވާފައެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ނަންތައް ތިރީގައި އެވަނީއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު # ނަން މަޤާމް 1. އަލްފާޟިލް ޙަމްދީ އަޤީލް ރައީސް 2. އަލްފާޟިލް މުޙައްމަދު ފިރާޟް ނައިބު ރައީސް 3. އަލްފާޟިލް ޢަޙްމަދު ޔާމީން ސެކްރެޓަރީ ޖެނެރަލް 4. އަލްފާޟިލް އާމިނަތު އަރުޝީ ފައިނޭންޝަލް އެނަލިސްޓް ބޭންކް އޮފް މޯލްޑިވްސް 5. މރ. ކާރލް ސްޓުމްކް ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ 6. އަލްފާޟިލާ ޢާއިޝަތު ނޫރުދީން ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ 7. އަލްފާޟިލާ ޢާއިޝަތު ސަމާހު ޑިރެކްޓަރ އޮފް ލީގަލް އެންޑް ކޯޕަރޭޓް އެފެއާޒް 8. އަލްފާޟިލް މަޒްލާން ރަޝީދު ލޯޔަރ

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA