ކޮމިޓީގެ ނަން

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ތާރީޚް

26 މާރިޗު 2024 12:00

ނަންބަރު

1

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 2024 ވަނަ އަހަރުގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންދެވީ، ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން، މިމައްސަލަ ދިރާސާކުރުމުގައި ބައެއް ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް ބެހިފައިވާ އިރު، ވަޒީފާއާބެހޭ ޤާނޫނާއި ފުށުއަރާތީ، މި މައްސަލަ އާއި ގުޅޭގޮތުން ދެން އަންނަ ބައްދަލުވުމެއްގައި ގޮތެއް ނިންމެވުމަށް ފަސްކުރެއްވިއެވެ. އެއަށްފަހު ދެން ކުރިއަށް ގެންދެވީ، ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ދިވެހި ސަރުކާރުން ޢަމަލުކުރާ ކަމަށް ބުނެ ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން، ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރުމުގެ މަސައްކަތެވެ. މި މައްސަލައާއި ގުޅިގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން މައުލޫމާތު ސާފުކުރުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA