ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

2024 ވަނަ އަހަރުގެ 06 ވަނަ ބައްދަލުވުން

27 މާރިޗު 2024 11:00 ނަންބަރު 6

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ އަމިއްލަ ފަރާތްތަކުން ކޮމިޓީއަށް ފޮނުއްވާފައިވާ މައްސަލަތައް ދިރާސާކުރެއްވުމެވެ. އެގޮތުން، ފުރަތަމަ ކުރިއަށް ގެންދެވީ ވިލާ ކޮލެޖްގެ ފަރާތުން މަތީ ތަޢުލީމްގެ ޤާނޫނުގައިވާ 20 އަހަރުގެ މުއްދަތަކީ ވަރަށް ގިނަ ދުވަސްކަމަށް ފާހަގަ ކުރައްވައި އެކަމުގެ ސަބަބުން އެ ކޮލެޖަށް ޔުނިވަރސިޓީއެއްގެ ދަރަޖަ ލިބުމަށް ގޮންޖެހުންތަކެއް ދިމާވަމުންދާތީ ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމެވެ. މި މައްސަލައާއި ގުޅޭގޮތުން، މެންބަރުން މަޝްވަރާކުރެއްވުމަށްފަހު ނިންމެވީ ޤާނޫނުގައިވާ 20 އަހަރުގެ މުއްދަތަކީ ކޮމިޓީއަށް މިހާރުވެސް ފެންނަ މުއްދަތުކަމަށާއި، އެ މުއްދަތު ބަދަލުކުރުމަށް ކޮމިޓީއަށް ނުފެންނަ ކަމަށް ވިލާ ކޮލެޖަށް ޖަވާބު ދެއްވުމަށެވެ. ދެން ކުރިއަށް ގެންދެވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ހުށަހަޅުއްވާފައިވާ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި، އަދި އޯޑިނަރީ ޕާސްޕޯޓް ބޭނުންކުރެވޭނެ މުއްދަތުތަކުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ މުއްދަތަކަކީ އެންމެ އެކަށީގެންވާ މުއްދަތެއްކަމުގައި ނުވާތީ، އެ މުއްދަތުތައް އަލުން ރިވިއު ކުރުމަށް އެދި ހުށަހަޅުއްވާފައިވާ މައްސަލައެވެ. މި މައްސަލައާއި ގުޅޭގޮތުން، މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހުގައި ނިންމެވީ މި މައްސަލައާއި ގުޅިގެން މޯލްޑިވްސް އިމިގްރޭޝަން އަދި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ބޭފުޅުންނާއި ބައްދަލުކުރައްވައި މަޢުލޫމާތު ސާފުކުރެއްވުމަށެވެ. ފަހުކަމަކަށް ކުރިއަށް ގެންދެވީ، ނިމިދިޔަ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ފްލެޓްތަކާއި ބިންތަކާއި ގުޅިގެން، މިހާރުގެ ސަރުކާރުން ނިންމާފައިވާ ކަންކަމާ ގުޅޭގޮތުން ހުށަހަޅުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމެވެ. އެގޮތުން، މި މައްސަލައާއި ގުޅޭގޮތުން ކޮމިޓީއަށް ވަރަށް ގިނަ ފަރާތްތަކުގެ ޝަކުވާގެ ސިޓީ ލިބިފައިވާތީ، މި މައްސަލާގައި މެންބަރުން މަޝްވަރާކުރެއްވުމަށް ފަހުގައި ނިންމެވީ ކުރީ ސަރުކާރުން ގެޒެޓުކުރައްވާފައިވާ ފްލެޓް ލިބޭ ލިސްޓްގައިވާ ހިމެނިފައިވާ ފަރާތްތައް އެއްވެސް އުނިއިތުރު ކަމެއް ނުގެނެސް ލިސްޓުގައިވާ ގޮތައް، އެފަރާތްތަކަށް ފްލެޓް ހަވާލުކުރުމަށް ސަރުކާރުގައި ދަންނަވައި ރިޕޯޓެއް ތައްޔާރުކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ކޮމިޓީގެ އައުލަބިއްޔަތުން ފާސްކުރެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

21 ނޮވެމްބަރު 2023

ނިމިދިޔަ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ފްލެޓްތަކާއި ބިންތަކާއި ގުޅިގެން، މިހާރުގެ ސަރުކާރުން ނިންމާފައިވާ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުން.

ކުރިޔަށް ދަނީ

18 ޖޫން 2019

އަމިއްލަ ފަރާތްތަކުން ކޮމިޓީއަށް ފޮނުއްވާފައިވާ މައްސަލަތައް ދިރާސާކުރުން

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA