ކޮމިޓީގެ ނަން

އެންޓި-ޑިފެކްޝަން ބިލު ދިރާސާކުރުމަށް ހޮއްވެވި 7 މެންބަރުންގެ ވަގުތީ ކޮމިޓީ

ތާރީޚް

26 މާރިޗު 2024 14:55

ނަންބަރު

1

އެންޓި ޑިފެކްޝަން ބިލު ދިރާސާކުރުމަށް ހޮއްވެވި ވަގުތީ ކޮމިޓީގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ އޮތީ ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމެވެ. ކޮމިޓީގެ މުޤައްރިރަކު ހޮއްވެވުމުގެ ކަންތައް ކުރިޔަށްގެންގޮސްދެއްވީ، ލީގަލް އޮފިސަރ، އަލްއުސްތާޛް ފަރުހަތު ހަބީބެވެ. ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ނުވަތަ ނަންފުޅުތަކެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލުމުން ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ހުށަހަޅުއްވާ ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް ޢަލީ، ތާއީދުކުރައްވާފައިވަނީ ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހުންނެވުމަށް ބާރަށު ދާއިރާގެ މެންބަރު އަޙްމަދު އަބްދުﷲގެ ނަންފުޅެވެ. މި ނަންފުޅަށް ވޯޓަށް އައްސަވައި ކޮމިޓީގެ އިއްތިފާޤުން ބާރަށު ދާއިރާގެ މެންބަރު އަޙްމަދު އަބްދުﷲ، ކޮމިޓީގެ މުޤައްރިރެއްގެ ގޮތުގައި ހޮވުނެވެ. އަދި ނައިބު މުޤައްރިރަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ހުށަހަޅުއްވާ ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް ޢަލީ، ތާއީދުކުރެއްވީ ކޮމިޓީގެ ނައިބު މުޤައްރިރެއްގެ ގޮތުގައި ހުންނެވުމަށް މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫންގެ ނަންފުޅެވެ. މި ނަންފުޅަށް ވޯޓަށް އައްސަވައި ކޮމިޓީގެ އިއްތިފާޤުން މަނަދޫ ދާއިރާގެ މެންބަރު އަޙްމަދު ހާރޫން ކޮމިޓީގެ ނައިބު މުޤައްރިރެއްގެ ގޮތުގައި ހޮވުނެވެ. އެއަށްފަހު، ކުރިއަށް ގެންދެވީ ބިލުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތަކާމެދު މަޝްވަރާ ކުރެއްވުމެވެ. މިގޮތުން ބިލު ނިންމާނެ ސުންގަޑިއަކީ 27 މާރިޗު 2024 ކަމުގައި ކޮމިޓީން ނިންމެވިއެވެ. އަދި ބިލުގެ މާއްދާތައް މާއްދާއަކުން މާއްދާއަކުން ބެއްލެވުމަށް ނިންމެވިއެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA