ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

27 މާރިޗު 2024 11:30

ނަންބަރު

9

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2024 ވަނަ އަހަރުގެ 9 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ އެޖެންޑާކުރެވިފައިވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރެއްގެ، މެންބަރުކަމުގެ މުއްދަތު ހަމަވުމާ ގުޅިގެން، އެ ކޮމިޝަނަށް މެންބަރަކު ޢައްޔަނުކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމުމަށްޓަކައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވުމުން، ކޮމިޓީން އެ ފަރާތްތަކާ އިންޓަވިއުކުރުމެވެ. އެއަށް ފަހު ދެން ކުރިއަށް ގެންދިއައީ، އިލެކްޝަންސް ކޮމިޝަންގެ މެންބަރެއްގެ، މެންބަރުކަމުގެ މުއްދަތު ހަމަވުމާ ގުޅިގެން، އެ ކޮމިޝަނަށް މެންބަރަކު ޢައްޔަނުކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅު ދިރާސާކޮށް ގޮތެއް ނިންމުމަށްޓަކައި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވުމުން، ކޮމިޓީން އެ ފަރާތްތަކާ އިންޓަވިއުކުރުމެވެ. އިންޓަވިއު ގަޑި ރިފަރަލް ދާއިމީ އެޑްރެސް ނަން # ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ނަންފޮނުއްވާފައިވާ ފަރާރްތައް 11:30 ޢަބްދުލް ޙަސީބު އިސްމާޢީލް، ދަފްތަރު. ނަންބަރު ރސ 7505 12:00 ފާޠިމަތު ޙަބީބާ، ދަފްތަރު. ނަންބަރު ރސ 9472 12:30 މަރްޔަމް ޝާހިދާ، މއ. ފޮރެސްޓް 13:00 ޙަސަން ޒަކަރިއްޔާ، މުސްތަރީގެ/މ.މުލައް ކޮންމެ ކެންޑިޑޭޓެއްގެ އިންޓަވިއު ނިމުމުން، އެ ކެންޑިޑޭޓުގެ ނަން މަޖިލީހުގެ ތަޅުމަށް ހުށަހަޅަން ފެނޭތޯ ބެއްލެވުމަށް ވޯޓަަށް އެއްސެވިއެވެ. އެގޮތުން ރައްޔިތުންގެ މިޖިލީހުގެ ތަޅުމަށް ފޮނުވުމަށް ތިރީފގައިވާ ފަރާތްތަކުގެ ނަން ވަނީ ފާސްކުރައްވާފައެވެ. ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަނުކުރުމަށް ޢަބްދުލް ޙަސީބު އިސްމާޢީލް، ދަފްތަރު. ނަންބަރު ރސ 7505 ފާޠިމަތު ޙަބީބާ، ދަފްތަރު. ނަންބަރު ރސ 9472 އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް އައްޔަނުކުރުމަށް ޙަސަން ޒަކަރިއްޔާ، މުސްތަރީގެ/މ.މުލައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA