ކޮމިޓީގެ ނަން

އިންފޮމޭޝަން އެެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީ

ތާރީޚް

27 މާރިޗު 2024 13:00

ނަންބަރު

5

އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީގެ 2024 ވަނަ އަހަރުގެ 5 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ އިލެކްޓްރޯނިކް ސިގްނޭޗަރ، ގޫގްލް ޕޭ، އިންޑިއާ ޔޫޕީއައި، އަލީ ޕޭ ރާއްޖޭގައި އިމްޕްލިމެންޓް ކުރުމަށް ބާރުއެޅުމަށް ކުރިއަށް ގެންދާނެގޮތަކާމެދު މަޝްވަރާކުރިއެވެ. އެގޮތުން މިފަދަ ޕޭމެންޓްތައް ރާއްޖޭގައި ނުހެދޭ ސަބަބާއި އެ ކަންކަން ހަމަޖެއްސުމަށް ކުރެވެމުންދާ އަދި ކުރެވިފައިވާ މަސައްކަތްތައް ކަމާގުޅުންހުރި އިދާތާތަކުން ސާފުކުރުމަށް ލިޔުމުން އެތަންތަނުގައި ދެންނެވުމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ހުށަހަޅުއްވާ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޙައިތަމް ތާޢީދުކުރެއްވިއެވެ. އެހެންކަމުން ކޮމިޓީން ވަނީ އެމްއެމްއޭ، ބީއެމްއެލް، އެމްއައިބީ،އެންސީއައިޓީ،މިނިސްޓްރީ އޮފް ފިނޭންސް އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ސިޓީ ފޮނުވުމަށް ނިންމަވާފައެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA