ކޮމިޓީގެ ނަން

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ތާރީޚް

25 މާރިޗު 2024 12:00

ނަންބަރު

5

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ 2024 ވަނަ އަހަރުގެ 05 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ 6 ފެބުރުވަރީ 2024 ގައި ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 3 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ)އާއި، ޤާނޫނު ނަންބަރު 2021/20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނު) ގެ 14 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ބޭރު ގައުމުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުން ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ތިރީގައިވާ ފަރާތްތަކާ އިންޓަރވިއުކުރުން 26 މާރިޗު 2024 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮމިޓީގެ ބައްދަލުވުމަށް ތާވަލްކުރުމަށް ނިންމުނެވެ. 1. ޑޮކްޓަރ ސަލްމާ ރަޝީދު (މ.ވިލާދަށުގެ) - ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީސްތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަ ދާއިމީ މަންދޫބުކަމަށް؛ 2. އަލްފާޟިލް މުޙައްމަދު ލުވޭޒު (މއ.ދިލާސާގެ) – ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް. މީގެ އިތުރުން ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުން ދެމުން ގެންދާ ލާއިންސާނީ އަނިޔާތައް ކުށްވެރިކޮށް އެ އަނިޔާތައް ހުއްޓާލައި، އިންސާނީ ހައްޤު ކަށަވަރުކޮށް، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންގެ ކިބައިން ފޭރިގެންފައިވާ އެންމެހާ ބިންތަކުން ފައިބާ، އަދި ފަލަސްތީންއަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ގޮވާލައި ހުށަހަޅުއްވާފައިވާ ޤަރާރު ފާސްކުރުމަށް ކޮމިޓީއަށް ވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ފާސްކުރެއްވިއެވެ. (ވޯޓް ގައި ބައިވެރިވެލެއްވި މެންބަރުން: މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް، ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުޙައްމަދު، ދަނގެތި ދާއިރާގެ މެންބަރު މުޙައްމަދު ނާޡިމް، ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން)

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA