ޢާންމު ކޮމިޓީ

ޢާންމު ކޮމިޓީގެ 2024 ވަނަ އަހަރުގެ 5 ވަނަ ބައްދަލުވުން

1 އޭޕްރީލު 2024 12:00 ނަންބަރު 5

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 21 ވަނަ މާއްދާއަށް ހުށަހަޅުއްވާ އިސްލާޙުތައް ދިރާސާކުރުމެވެ. މި ހުށަހެޅުމާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، ހުށަހެޅުން ހުށަހެޅުއްވި ގޮތަށް ފާސްކުރުމަށް ފެންނަކަމަށް ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުޣަނީ ޢަބްދުލްޙަކީމް ހުށަހެޅުއްވިއެވެ. މި ހުށަހެޅުމަށް ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް ޢަލީ ތާޢީދުކުރެއްވިއެވެ. އެއަށްފަހު، ހުށަހަޅާފައިވާ އިސްލާޙުގެ ކޮންމެ މާއްދާއަކަށް ވަކިވަކިން ވޯޓަށް އެއްސެވިއެވެ. އަދި، ވޯޓަށް އެހުމުން ކޮމިޓީއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

28 އޭޕްރީލު 2024

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 21 ވަނަ މާއްދާ އިސްލާޙުކުރުމަށް.

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA