ކޮމިޓީގެ ނަން

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ތާރީޚް

27 މާރިޗު 2024 13:30

ނަންބަރު

7

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ 2024 ވަނަ އަހަރުގެ 07 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، 6 ފެބުރުވަރީ 2024 ގައި ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 3 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ)އާއި، ޤާނޫނު ނަންބަރު 2021/20 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނު) ގެ 14 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ބޭރު ގައުމުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުން ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ފަރާތްތަކުގެ ތެރެއިން، ޑޮކްޓަރ ސަލްމާ ރަޝީދު (މ.ވިލާދަށުގެ) އާ ޓީމްސް މެދުވެރިކޮށް އިންޓަރވިއު ކުރައްވާފައިވެއެވެ. މީގެ އިތުރުން "އެގްރީމެންޓް އަންޑަރ ދަ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ އޮން ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބަލް ޔޫޒް އޮފް މެރިން ބަޔޮލޮޖިކަލް ޑައިވަރސިޓީ އޮފް އޭރިއާސް ބިޔޯންޑް ނޭޝަނަލް ޖޫރިސްޑިކްޝަން" މި މުއާހަދާގައި ދިވެހިރާއްޖެއިން ބައިވެރިވުމާމެދު ކޮމިޓީއިން މަޝްވަރާކުރައްވާފައިވެއެވެ. އަދި އެ މުޢާހަދާގެ ދަށުން އަހަރީ ޗަންދާއެއްގެ ގޮތުގައި ދައުލަތުން ދައްކަންޖެހޭ މިންވަރު ސާފުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީ ފޮނުވުމަށާއި، އެ ކަންކަން ސާފުވަންދެން މުއާހަދާގައި ބައިވެރިވުމުގެ މަސައްކަތް މަޑުޖައްސާލުމަށް ކޮމިޓީން ނިންމަވާފައިވެއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA