ޢާންމު ކޮމިޓީ

ޢާންމު ކޮމިޓީގެ 2024 ވަނަ އަހަރުގެ 6 ވަނަ ބައްދަލުވުން

29 އޭޕްރީލު 2024 11:00 ނަންބަރު 6

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފޯރުކޮށްދޭ ހެލްތު އިންޝުއަރެންސް ޚިދުމަތާ ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ. މި މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ ކޮމިޓީގެ މުޤައްރިރު ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ. ޚިދުމަތްތަކުގެ އަގުތަކަށް ރިޢާޔަތްކޮށް މިހާރު ފޯރުކޮށްދެވޭ އިންޝުއަރަންސް ޕްލޭންގެ ދަށުން އެކަށީގެންވާ ގޮތައް ސިއްޙީ އެކިއެކި ޚިދުމަތްތައް ލިބެމުންދޭތޯ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވިއެވެ. މަޝްވަރާތަކަށްފަހު ކޮމިޓީން ނިންމެވީ މި ވަގުތަކީ އިންޝުއަރަންސް ޚިދުމަތަށް ބަދަލު ގެންނަން އެންމެ އެކަށީގެންވާ ވަގުތަށް ނުވާތީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ (20 ވަނަ ރައްޔިތުންގެ މަޖިލީހުގައި) ދައުރުގައި އިންޝުއަރެންސްއަށް ބަދަލު ގެނެސް މި މައްސަލަ ހައްލުކުރުމަށް އަލަށް ހުވާ ކުރައްވާ މެންބަރުންނަށް ފުރުޞަތު ދެއްވުމަށެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

29 އޭޕްރީލު 2024

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފޯރުކޮށްދޭ ހެލްތު އިންޝުއަރެންސް ޚިދުމަތާ ގުޅޭ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA