ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

2024 ވަނަ އަހަރުގެ 07 ވަނަ ބައްދަލުވުން

30 އޭޕްރީލު 2024 11:00 ނަންބަރު 7

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެންބަރު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ބިމުގެ ބިލު އާ މެދު މަޝްވަރާކުރެއްވުމެވެ. އެ ގޮތުން މަޝްވަރާކުރެއްވުމަށްފަހު، ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ހުށަހަޅުއްވައި ގެމަނަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަޢީދު ތާއީދުކޮށް ހުށަހަޅުއްވާފައިވަނީ، ބިލަކީ ބޮޑު ބިލަކަށް ވެފައި، ދައުރުގެ ބާކީ މިއޮތް ދުވަސްތަކުގައި ބިލުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ޤަބޫލުނުކުރެވޭތީ މި ދައުރުގައި މި ބިލުގެ މަސައްކަތް ކޮމިޓީން ކުރިއަށް ނުގެންދިއުމަށެވެ. މި ހުށަހެޅުމަށް ކޮމިޓީއަށް ވަޑައިގެން ތިއްބެވި އެއްވެސް މެންބަރަކު އިއުތިރާޒް ކުރައްވާފައި ނުވާތީ މި ހުށަހެޅުން ކޮމިޓީން ފާސްކުރެއްވިއެވެ. އެއަށްފަހު ކުރިއަށް ގެންދެވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ހުށަހަޅުއްވާފައިވާ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި، އަދި އޯޑިނަރީ ޕާސްޕޯޓް ބޭނުންކުރެވޭނެ މުއްދަތުތަކުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ މުއްދަތަކަކީ އެންމެ އެކަށީގެންވާ މުއްދަތެއްކަމުގައި ނުވާތީ، އެ މުއްދަތުތައް އަލުން ރިވިއު ކުރުމަށް އެދި ހުށަހަޅުއްވާފައިވާ މައްސަލައާއި ގުޅޭގޮތުން، މޯލްޑިވްސް އިމިގްރޭޝަން އަދި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ބޭފުޅުންނާއި ބައްދަލުކުރައްވައި މަޢުލޫމާތު ސާފުކުރެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

29 އޭޕްރީލު 2024

ދިވެހިރާއްޖޭގެ ބިމުގެ ބިލު

ކުރިޔަށް ދަނީ

18 ޖޫން 2019

އަމިއްލަ ފަރާތްތަކުން ކޮމިޓީއަށް ފޮނުއްވާފައިވާ މައްސަލަތައް ދިރާސާކުރުން

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA