ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

23 އޭޕްރީލު 2024 00:30

ނަންބަރު

11

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2024 ވަނަ އަހަރުގެ 11 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުވައްމުލަކު ކަރަންޓަށް ދިމާވި މައްސަލަ ވަގުތީ ގޮތުން ޙައްލުވެފައި ވީނަމަވެސް ދާއީމީގޮތުން އެ މައްސަލަ ޙައްލުކުރުމަށް ފެނަކަ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތާއި، އެ ކުންފުނީގެ އުސޫލުތަކާ ޚިލާފަށް މުވައްޒަފުން ވަޒީފާއިން ވަކިކޮށް އާ މުވައްޒަފުން ވަޒީފާއަށް ނަގަމުންދާތީ، އެ މައްސަލައިގެ މަޢުލޫމާތު ސާފުކުރެއްވުމަށް އެ ކުންފުންޏާ ބައްދަލުކުރެއްވިއެވެ. މިގޮތުން ފުވައްމުލަކުގައި ދިމާވި ކަރަންޓު މައްސަލަ އެއްކޮށް ޙައްލުވެފައިވާކަމަށާއި ނަމަވެސް އިތުރު މައްސަލައެއް ދިމާވެއްޖެނަމަ އަވަހަށް ޙައްލުކުރެވޭނެހެން 1200 ވޯޓުގެ ޖެނެރޭޓަރެއް ގަތުމަށް އިޢުލާންކުރައްވާފައިވާކަމަށް އެބޭފުޅުން މަޢުލޫމާތު ދެއްވިއެވެ. މީގެ އިތުރުން އެ ކުންފުނީގެ އެޗް.އާރު ޕޮލިސީއާ ޚިލާފަށް އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށް، އާ މުވައްޒަފުން ނަގާފައިނުވާނެކަމަށާއި، އެ ކުންފުނީގައި މަސައްކަތް ކުރަމުންދިޔަ ވަގުތީ 1780 މުވައްޒަފުންގެ ކޮންޓްރެކްޓް ހަމަވުމުން އެ ކޮންޓްރެކްޓްތައް އާ ނުކުރަން ނިންމެވީކަމަށާއި، އިތުރަށް މުވައްޒަފުން ނަގަމުންދަނީ ޕްރޮޖެކްޓްތަކަށް ބޭނުންވާ މުވައްޒަފުން ބެލުމަށްފަހުގައިކަމަށް އެބޭފުޅުން މަޢުލޫމާތު ދެއްވިއެވެ. އަދި ޖަނަވަރީ 2024 އިން ފެށިގެން މިހާތަނަށް ކުންފުނީގެ ވަޒީފާއަށް 1529 މުވައްޒަފުން ނަގާފައިވާކަމަށާއި އެ މުވައްޒަފުން ނަގާފައިވަނީ ކުންފުނީގެ ވަޒީފާގެ އޮނިގަނޑާ އެއްގޮތަށް ކަމަށް މަޢުލޫމާތު ދެއްވިއެވެ. ހަމައެހެންމެ ކުންފުނީގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށާއި އަދި ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީއާއި އެޗް.އާރު ޕޮލިސީ އިސްލާޙުކުރުމުގެ މަސައްކަތް އާ މެނޭޖްމަންޓުން ކުރައްވަމުންދާކަމަށް އެބޭފުޅުން މަޢުލޫމާތު ދެއްވިއެވެ. މި ބައްދަލުވުމުގައި އެ ކުންފުނީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ނަންތައް ތިރީގައި އެވަނީއެވެ. ފެނަކަ ކޯޕަރޭޝަން ލިމިޓެޑް # ނަން މަޤާމް 1. އަލްފާޟިލް މުޢާޒް މުޙައްމަދު ރަޝީދު މެނޭޖިންގ ޑިރެކްޓަރ 2. އަލްފާޟިލް ޙުސައިން ޒުހުރީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ 3. އަލްފާޟިލް ޢަބްދުﷲ ނާޝިތު ޗީފް ޓެކްނިކަލް އޮފިސަރ 4. އަލްފާޟިލް ޙުސައިން ޙަސަން ފުޅު ޗީފް ހިއުމަން ރިސޯސް އޮފިސަރ 5. އަލްފާޟިލް އަޙްމަދު އިބްރާހީމް ޑިރެކްޓަރ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA