ކޮމިޓީގެ ނަން

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ

ތާރީޚް

29 އޭޕްރީލު 2024 10:00

ނަންބަރު

9

ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ 2024 ވަނަ އަހަރުގެ 09 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވީ ބޭރުޤައުމުތަކައް ދިވެހިރާއްޖެއިން ސަފީރުން ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް، ޑރ. ފަޟީލް ނަޖީބު، މ.ފަށަލަ، ޢައްޔަނުކުރުމަށް ފެންނަކަމަށް ވޯޓައް އެއްސެވުމުން ކޮމިޓީއަށް ހާޒިރުވެ ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުންވަނީ ފާސްވެފައެވެ. (ވޯޓް ދެއްވެވި މެންބަރުން: މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުޙައްމަދު، ދަނގެތި ދާއިރާގެ ނަންބަރު މުޙައްމަދު ނާޡިމް، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު) ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް، އަލްފާޟިލާ ޝިއުނީން ރަޝީދު، އަސަރީގެ، ސ.ހުޅުދޫ، ޢައްޔަނުކުރުމަށް ފެންނަކަމަށް ވޯޓައް އެއްސެވުމުން ކޮމިޓީއަށް ހާޒިރުވެ ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުންވަނީ ފާސްވެފައެވެ. (ވޯޓް ދެއްވެވި މެންބަރުން: މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުޙައްމަދު، ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު، ދަނގެތި ދާއިރާގެ ނަންބަރު މުޙައްމަދު ނާޡިމް، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު) އަލްމަމްލަކަތުލް ޢަރަބިއްޔަތުލްސުޢޫދިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް، އަލްފާޟިލް މުޙައްމަދު ޠާހާ، އުފަންވެލި، ނ.ހޮޅުދޫ، ޢައްޔަނުކުރުމަށް ފެންނަކަމަށް ވޯޓައް އެއްސެވުމުން ކޮމިޓީއަށް ހާޒިރުވެ ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުންވަނީ ފާސްވެފައެވެ. (ވޯޓް ދެއްވެވި މެންބަރުން: ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުޙައްމަދު، ދަނގެތި ދާއިރާގެ ނަންބަރު މުޙައްމަދު ނާޡިމް، ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު)

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA