ޖުޑީޝިއަރީ ކޮމިޓީ

ޖުޑީޝިއަރީ ކޮމިޓީގެ 2024 ވަނަ އަހަރުގެ 4 ވަނަ ބައްދަލުވުން

30 އޭޕްރީލު 2024 11:20 ނަންބަރު 4

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ ރިޕޯޓްތައް ދިރާސާކުރެއްވިއެވެ. މިގޮތުން މި ރިޕޯޓްތައް ބެއްލެވުމަށްފަހު، ކޮމިޓީން ނިންމަވާފައިވަނީ މި މައްސަލަތައް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބައްލަވައި ނިންމަވާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި، ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު) އާއި، ގަވާއިދާއި އަދި އެފަދަ މައްސަލަތައް ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅުއްވާފައިވާ އިޖްރާޢާތުތަކާއި އެއްގޮތްވާ ގޮތުގެމަތިން ކަމަށެވެ.މީގެ އިތުރުން ކޮމިޓީގައި ނުނިމި ހުރި ބިލުތަކުގެ ތެރެއިން ސައިބަރ ކްރައިމްއާ ގުޅުންހުރި ތިން ބިލު ކަމަށްވާ ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އަށް އިޞްލާޙު ގެނައުމުގެ ބިލާއި، ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު އަދި ޤާނޫނު ނަންބަރު 2015/2 (ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލާ ގުޅޭގޮތުން އެޓަރނީ ޖެނެރަލްގެ އޮފީސް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ކޮމިއުނިކޭޝަން އޮތޯރިޓީގެ ބޭފުޅުންނަށް ދެންނެވުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

14 އޯގަސްޓު 2023

ޑްރަގް ކޯޓުގެ ޤާޟީ އަލްއުސްތާޛް މުހައްމަދު ސަމީރުއާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

14 އޯގަސްޓު 2023

އދ. މާމިގިލި މެޖިސްޓްރޭޓް އަލްއުސްތާޛް އަޙްމަދު ނިހާނުއާގުޅޭ ގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

13 އޯގަސްޓު 2023

ސ.މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛް އިބްރާހީމް ނަފީސްއާގުޅޭ ގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

3 މޭ 2023

ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛް ޙަސަން ސައީދުއާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

12 އޭޕްރީލު 2023

މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޙައިތަމް ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 2/2015 (ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު

ކުރިޔަށް ދަނީ

20 މާރިޗު 2023

ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުއިއްޒު ހުށަހަޅުއްވާފައިވާ ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) އަށް އިޞްލާޙު ގެނައުމުގެ ބިލު

ކުރިޔަށް ދަނީ

20 މާރިޗު 2023

ސަރުކާރުގެ ފަރާތުން ފޭދޫ ދައިރާގެ މެންބަރު މުޙައްމަދު ނިހާދު ހުށަޅުއްވާފައިވާ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު

ކުރިޔަށް ދަނީ

19 ފެބްރުއަރީ 2023

ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްްޓްރޭޓް އަލްއުސްތާޛް އަޙްމަދު އަކްރަމްއާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހުށަހަޅުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

7 ނޮވެމްބަރު 2022

ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛް ޙުސައިން ފާއިޒް ރަޝާދުއާގުޅޭ ގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

10 މޭ 2022

ފ. ނިލަންފޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛް ޢަބްދުލްޢަޒީޒް ޔޫސުފްއާ ގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

14 އޭޕްރީލު 2022

ހދ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛް ޢަލީ އާދަމްއާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހުށަހަޅުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

6 އޭޕްރީލު 2022

ދ.ބަނޑިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްްޓްރޭޓް (މިހާރު ދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް) އަލްއުސްތާޛް އަޙްމަދު އާމިރުއާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހުށަހަޅުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

6 އޭޕްރީލު 2022

ޑްރަގް ކޯޓުގެ ޤާޟީ އަލްއުސްތާޛް ޙުސައިން ޝަހާމަތުއާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފޮނުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

4 އޭޕްރީލު 2022

ރ. އިންނަމާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛް ޢަލީ ނަޝީދާގުޅޭ

ކޮމެޓީ މަސައްކަތް ނިމިފައި

20 ޑިސެމްބަރު 2021

މީދޫ މެޖިސްޓްރެޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛް ޢަލީ ޝަފީޤުއާ ގުޅޭ

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA