ކޮމިޓީގެ ނަން

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ

ތާރީޚް

13 މާރިޗު 2024 11:30

ނަންބަރު

4

2024 ވަނަ އަހަރުގެ 04 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކައިރީގައި މުޒާހަރާ ކުރަމުންދިޔަ މުޒާހަރާގެ ބައިވެރިން މަޖިލީހުގެ ގޭގެ ވަށާ ފާރު މައްޗަށް އަރައި، ގޯތިތެރެއަށް އެއްޗެހި އުކާފައިވާ މައްސަލަ އާއި، ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމަށް މާލޭގެ މަގުމަތިން ނުރައްކާތެރި ހަމަލާއެއް ދީފައިވާ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުރިހަމައަށް ތަޙްޤީޤްކޮށް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ ތަޙްޤީޤް ނިންމާކަން ކަށަވަރުކުރުމަށްޓަކައި ހުށަހަޅުއްވާފައިވާ މައްސަލަ އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބޭރުގެ ސިފައިން ހަތިޔާރާއެކު ވަދެ، ރާއްޖޭގެ މަސްއޮޑިތަކަށް އަރާފައިވާ މައްސަލަ އާއި ޖާސޫސީ މަޢުލޫމާތު އެއްކުރާ އުޅަނދުފަހަރު ރާއްޖޭގެ ސަރަހައްދީ އިމުގެ ކައިރީގައި ސުވާލުއުފެދޭ ގޮތްގޮތަށް އުޅެމުންދާކަމަށް މީޑިއާތަކުން ހިއްސާކުރަމުންދާތީ، އެ މައްސަލަތަކާ ގުޅޭގޮތުން ސަރުކާރުން އަމަލުކުރަމުންދާގޮތް ބަލައިދިނުމަށް އެދި ހުށަހަޅުއްވާފައިވާ މައްސަލައާ މެދުއެވެ. އެގޮތުން ކޮމިޓީގައި މަޝްވަރާކުރެއްވުމަށްފަހު 3 މައްސަލައަށްވެސް ކޮމިޓީން ރިޕޯޓެއް ތައްޔާރުކުރެއްވުމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ހުށަހަޅުއްވާ ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒު ތާއީދު ކުރެއްވިއެވެ. މި ހުށަހެޅުމަށް ވޯޓައް އެއްސެވުމުން ކޮމިޓީއަށް ހާޒިރުވެ ވަޑައިގެންތިއްބެވި މެންބަރުންގެ އިއްތިފާޤުން އެ ހުށަހެޅުން ވަނީ ފާސްވެފައެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA