ކޮމިޓީގެ ނަން

އިމްތިޔާޒާއި ސުލޫކް ކޮމިޓީ

ތާރީޚް

6 މޭ 2024 10:35

ނަންބަރު

3

އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ 2024 ވަނަ އަހަރުގެ 03 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި, 06 މޭ 2021 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ޙަމަލާއާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމްއާ ގުޅުވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގެ މައްސަލަ ބައްލަވައިދެއްވުން އެދި އެ މެންބަރު ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅެގޮތުން މަޝްވަރާކުރެއްވުމަށްފަހު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމްއާ އިތުރަށް މަޝްވަރާކުރުމަށްފަހު ދެން ބާއްވާ ބައްދަލުވުމެއްގައި ގޮތެއް ނިންމުމަށް މައްސަލަ ބޭއްވިއެވެ. ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ދިވެހި ދައުލަތުގެ ބަންޑާރަ ނައިބުގެ އިތުބާރެއް ނެތްކަމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލިހަށް ހާޟިރުވުމަށް ދެކޮޅުހައްދަވާފައިވާތީ އެއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 182 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން މުޅިމަޖިލިހުގެ އިމްތިޔާޒަޝާއި ޤަދަރަށް އުނިކަން އަންނާނެކަމެއްކަމުގައި ބަޔާންކޮށް ކޮމިޓީއަށް ފޮނުވާފައިވާ މައްސަލާގައި، ބަންޑާރަ ނައިބު ފަހުގެ ތާރީޚެއްގައި ޖަވާބުދާރީ ވެފައިވާތީ، ޖަވާދާރީވީއިރު އެ ދުވަހު މަޖިލިހަށް ހާޟިރުވުމަށް ދެކޮޅުހައްދަވާފައިވާ ސަބަބު ބަޔާންކޮށްފައިވޭތޯ އިތުރަށް ދިރާސާކުރުމަށް ނިންމެވިއެވެ. 04 ޑިސެންބަރު 2023 ގައި ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 31 ވަނަ ޖަލްސާގައި، ކާށިދޫ ދާއިރާގެ މެންބަރު، އެ މެންބަރުގެ މޭޒުކޮޅުގައި ބެހެއްޓިފައިވާ މައިކްރޮފޯނަށް ގެއްލުންދީފައިވާކަމަށާއި، އެ މައިކްރޮފޯނު ބަދަލުކުރުމަށް 5،100 ރުފިޔާ ޚަރަދުވާނެތީ، މި މައްސަލައާމެދު ޢަމަލުކުރާނެ ގޮތަކާމެދު ލަފައެއް ހޯއްދެވުމަށް ފޮނުއްވާފައިވާ މައްސަލަ މަޝްވާރާކުރެއްވިއެވެ. އަދި މަޖިލީހުގެ ތަކެއްޗަށް ގެއްލުންދޭ ފަރާތްތަކާ ދޭތެރެ ޢަމަލުކުރާނެ އުޞޫލެއް މިހާތަނަށް އެކުލަވާލާފައިނުވާތީ، ކުރިއަށް އޮތްތަނުގައި އެފަދަ ފަރާތްތަކާ ދޭތެރެ ޢަމަލުކުރާނެ އުޞޫލެއް އެކުލަވާލައި، އެ އުޞޫލު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ހިމެނުމަށް ޢާންމު ކޮމިޓީއަށް ދެންނެވުމަށް ނިންމެވިއެވެ. އެއަށްފަހު، މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު ރައްޔިތުންގެ މަޖިލީހުގެ ދެ ކޮމިޓީއަށް ހާޒިރުވެވަޑައިގެން، ދެ ކޮމިޓީގައި ދެގޮތަކަށް ވާހަކަފުޅު ދައްކަވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

17 ޑިސެމްބަރު 2023

މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު ދެ ކޮމިޓީއަށް ހާޒިރުވެވަޑައިގެން، ދެ ކޮމިޓީގައި ދެގޮތަކަށް ވާހަކަފުޅު ދައްކަވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

5 ޑިސެމްބަރު 2023

ކާށިދޫ ދާއިރާގެ މެންބަރުގެ މޭޒުކޮޅުގައި ބެހެއްޓިފައިވާ މައިކްރޮފޯނާ ގުޅޭ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

6 ޖޫން 2023

ބަންޑާރަ ނައިބުގެ އިތުބާރެއް ނެތްކަމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލިހަށް ހާޟިރުވުމަށް ދެކޮޅުހައްދަވާފައިވާ މައްސަލަ - ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަޠީފް ހުށަހަޅުއްވާފައިވާ

ކޮމެޓީ މަސައްކަތް ނިމިފައި

15 މޭ 2022

މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއަށް އަމާޒުކޮށް ދިން ބޮމުގެ ޙަމަލާއާ ގުޅޭގޮތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް ހުށަހަޅުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA