ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

29 އޭޕްރީލު 2024 12:30

ނަންބަރު

12

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2024 ވަނަ އަހަރުގެ 12 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ މަޝްވަރާކުރެވިފައިވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ނައިބު ނައިބު ރައީސް ސިޔާސީ ކަންކަމުގައި އުޅޭކަމުގެ ޝަކުވާ ލިބިފައިވާތީ، އެކަމާ ގުޅޭގޮތުންނެވެ. އެގޮތުން ނައިބު ރައީސްކަމުގެ ޝަރުޠުތަކުގެ ތެރޭގައި އެއްވެސް ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި ނުވުން ހިމެނިފައިވާތީ، އެބޭފުޅާ އެއްވެސް ޕާޓީއެއްގެ ދަފްތަރުގައި ހިމެނިފައިވޭތޯއާއި އެންމެ ފަހުން ހިމެނިފައިވާ ތާރީޚުތައް ސާފުކުރެއްވުމަށް ވިލުފުށު ދާއިރާގެ މެންބަރު ޙަސަން އަފީފް ހުށަހަޅުއްވައި، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ތާއިދުކުރެއްވި ހުށަހެޅުއްވުން ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވިއެވެ.އަދި އެބޭފުޅާ ސިޔާސީ ކަންކަމުގައި ޙަރަކާތްތެރިވެފައިވޭތީ ބެއްލެވުމަށް އެބޭފުޅާގެ ސޯޝަލް މީޑިއާ އެކައުންޓްތައް ޗެކްކުރެއްވުމަށް ވެސް ކޮމިޓީން ނިންމެވިއެވެ. އެއަށްފަހު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސަސްޕެންޑްކުރައްވާފައިވާތީ، އެކަން ބެއްލެވުމަށް އެދި ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު، އެބޭފުޅާގެ ސަސްޕެންޝަން އުވާލާފައި ވީނަމަވެސް އެބޭފުޅާއާ ގުޅޭގޮތުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ހަދަމުންދާ އިންކުއަރީއާ ގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް އެ ބޯޑާ އަދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA