ކޮމިޓީގެ ނަން

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

ތާރީޚް

6 މޭ 2024 12:30

ނަންބަރު

8

2024 ވަނަ އަހަރުގެ 08 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުގައި ކުރިއަށް ގެންދެވީ ކޮމިޓީއަށް ފޮނުއްވާފައިވާ އަންނަނިވި ބިލުތަކުގެ ސުންގަޑި ކަނޑައަޅައި، ގޮތެއް ނިންމުން: 1. ޤާނޫނު ނަންބަރު 2021/7 (ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު) އަށް ... ވަނަ އިޞްލާޙު ގެނައުމުގެ ބިލު 2. ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު 3. އަރބަން ޕްލޭނިންގ އަދި އަރބަން ޑިވެލޮޕްމަންޓްގެ ބިލު. މި ބިލުތަކަކީ އިތުރު ދިރާސާކޮށް ކަމާ ގުޅޭ އިދާރާތަކާ މަޝްވަރާ ކުރަންޖެހޭ ބޮޑު ބިލުތަކަކަށްވާތީ، މި ދައުރުގެ ބާކީ މިއޮތް ދުވަސްތަކުގައި ބިލުތަކުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ޤަބޫލުނުކުރެވޭތީ މި ދައުރުގައި މި ބިލުތަކުގެ މަސައްކަތް ކުރިއަށް ނުގެންދިއުމަށް ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ނިންމާފައިވެއެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA