ލާމަރުކަޒީ ކޮމިޓީ

2024 ވަނަ އަހަރުގެ 5 ވަނަ ބައްދަލުވުން

7 މޭ 2024 11:00 ނަންބަރު 5

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު، އަޙްމަދު އީސާ ހުށަހަޅުއްވާފައިވާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރަސްމީ ދަތުރުފުޅެއްގައި ނ. ކެނދިކުޅުދޫއަށް ވަޑައިގެން، ރަށު ކައުންސިލުން ޚަރަދުކޮށް އިންތިޒާމްކުރި ދައުލަތުގެ ރަސްމީ ހަފްލާއެއްގައި، 21 އެޕްރީލް 2024 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ނިސްބަތްވާ ޕާޓީއަށް ތާއީދު ހޯއްދެވުމުގެ ގޮތުން ވާހަކަފުޅު ދައްކަވާފައިވާތީ، އެކަން ކުށްވެރި ކުރައްވައި އެފަދަ ކަންކަން ތަކުރާރު ނުކުރެއްވުމަށް އިލްތިމާސްކުރައްވައި، މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާއިން 02 މާރިޗު 2024 ގައި ނެރެފައިވާ ނަންބަރު: (PR)286-CB/286/2024/1 ނޫސްބަޔާން ބާޠިލުކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން އެ ކައުންސިލަށް އަންގަވާފައިވާ މައްސަލަ ދިރާސާކުރުމަށްފަހު ތައްޔާރުކުރެވިފައިވާ ކޮމިޓީ ރިޕޯޓު ފާސްކުރެއްވުމެވެ. ކޮމިޓީގެ މުޤައްރިރު، ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒު ރިޕޯޓު ކޮމިޓީއަށް ހުށަހެޅުއްވުމުން، އެ ރިޕޯޓު ފާސްކުރުމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙް ހުށަހެޅުއްވިއެވެ. މި ހުށަހެޅުމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ތާއީދުކުރެއްވިއެވެ. އަދި، ވޯޓަށް އެއްސެވުމުން ކޮމިޓީއަށް އެވަގުތު ހާޒިރުވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

5 މާރިޗު 2024

ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ނޫސްބަޔާން ބާޠިލުކުރުމަށް އެލް.ޖީ.އޭއިން އަންގާފައިވާ މައްސަލަ

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA