ކޮމިޓީގެ ނަން

އިމްތިޔާޒާއި ސުލޫކް ކޮމިޓީ

ތާރީޚް

8 މޭ 2024 10:40

ނަންބަރު

4

އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ 2024 ވަނަ އަހަރުގެ 04 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި, 06 މޭ 2021 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ޙަމަލާއާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމްއާ ގުޅުވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގެ މައްސަލަ ބައްލަވައިދެއްވުން އެދި ހުށަހަޅުއްވާފައިވާ މައްސަލަ އަނބުރާ ނަންގަވާ އެ މެންބަރު ކޮމިޓީއަށް ސިޓީ ފޮނުއްވާފައިވާތީ، އެ މައްސަލަ އިތުރަށް މަޝްވަރާނުކޮށް ފައިލް ކުރުމަށް ނިންމެވިއެވެ. އެއަށްފަހު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ދިވެހި ދައުލަތުގެ ބަންޑާރަ ނައިބުގެ އިތުބާރެއް ނެތްކަމުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހާޟިރުވުމަށް ދެކޮޅުހައްދަވާފައިވާތީ އެއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 182 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން މުޅި މަޖިލީހުގެ އިމްތިޔާޒަށާއި ޤަދަރަށް އުނިކަން އަންނާނެކަމެއްކަމުގައި ބަޔާންކޮށް ކޮމިޓީއަށް ފޮނުވާފައިވާ މައްސަލައިގައި، ބަންޑާރަ ނައިބު މަޖިލީހަށް ހާޟިރުނުވީ ލިޔުމުން ޖަވާބުދާރީ ވުމަށް އެދޭތީކަމަށާއި، އަދި ލިޔުމުން ޖަވާބުދާރީވެ މަޖިލީހަށް ސިޓީ ފޮނުއްވާފައިވާތީ، މައްސަލަ ފައިލްކުރުމަށް ނިންމެވިއެވެ. މީގެ އިތުރުން، މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު ރައްޔިތުންގެ މަޖިލީހުގެ ދެ ކޮމިޓީއަށް ހާޒިރުވެވަޑައިގެން، ދެ ކޮމިޓީގައި ދެގޮތަކަށް ވާހަކަފުޅު ދައްކަވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި މި މައްސަލަ ތަޙުޤީޤުކުރުމަށް ތަޙުޤީޤީ އިދާރާއަކަށް ފޮނުވުމަށް ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ހުށަހަޅުއްވައި، ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް ތާޢީދުކުރެއްވި ހުށަހެޅުމަށް ވޯޓަށް އެހުމުން މި ހުށަހެޅުން ފާސްނުވުމުގެ ސަބަބުން، މި މައްސަލަ އިތުރަށް ދިރާސާނުކޮށް ފައިލްކުރުމަށް ކޮމިޓީން ނިންމެވިއެވެ. އިސްދޫ ދާއިރާގެ މެންބަރު ޢަލީ ޙަމީދު ފައިސާގެ މައްސަލައެއްގައި ހިނގި މާރާމާރީއެއްގެ ތުހުމަތުގައި ހެންވޭރު ޕޮލިސް ސްޓޭޝަނަށް ގެންދެވިފައިވާކަމަށާއި، އަދި އެރޭ ހެންވޭރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުން ދޫކުރެވިފައިވާކަމަށް ފޮނުއްވާފައިވާ ސިޓީ ކޮމިޓީއާ ޙިއްޞާކުރެއްވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޕީ.އެން.ސީއަށް ނިސްބަތްވާ ތިން މެންބަރަކަށް، އެމް.ޑީ.ޕީއަށް ނިސްބަތްވާ މެންބަރުންތަކެއް އަނިޔާކޮށްފައިވާ ކަމަށް ބަޔާންކޮށް ޕީ.އެން.ސީގެ ޕާލިމެންޓަރީ ގްރޫޕުން ފޮނުއްވާފައިވާ މައްސަލައިގައި އެކަށީގެންވާ މަޢުލޫމާތު އަދި ހެކި ލިބިފައިނުވާކަމަށާއި، އެހެންކަމުން މައްސަލަ ފައިލްކުރުމަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފް ހުށަހަޅުއްވައި، ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް ތާޢީދުކުރެއްވި ހުށަހެޅުން ކޮމިޓީގެ އަޣްލަބިއްޔަތުން ފާސްވެފައިވެއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

6 ޑިސެމްބަރު 2024

އިސްދޫ ދާއިރާގެ މެންބަރު ޢަލީ ޙަމީދު ފައިސާގެ މައްސަލައެއްގައި ހެންވޭރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

3 ޑިސެމްބަރު 2024

އެމް.ޑީ.ޕީއަށް ނިސްބަތްވާ މެންބަރުންތަކެއް ޕީ.އެން.ސީގެ ތިން މެންބަރަކަށް އަނިޔާކޮށްފައިވާ ކަމަށް ބަޔާންކޮށް ޕީ.އެން.ސީގެ ޕާލިމެންޓަރީ ގްރޫޕުން ފޮނުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

17 ޑިސެމްބަރު 2023

މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު ދެ ކޮމިޓީއަށް ހާޒިރުވެވަޑައިގެން، ދެ ކޮމިޓީގައި ދެގޮތަކަށް ވާހަކަފުޅު ދައްކަވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

6 ޖޫން 2023

ބަންޑާރަ ނައިބުގެ އިތުބާރެއް ނެތްކަމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލިހަށް ހާޟިރުވުމަށް ދެކޮޅުހައްދަވާފައިވާ މައްސަލަ - ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަޠީފް ހުށަހަޅުއްވާފައިވާ

ކޮމެޓީ މަސައްކަތް ނިމިފައި

15 މޭ 2022

މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއަށް އަމާޒުކޮށް ދިން ބޮމުގެ ޙަމަލާއާ ގުޅޭގޮތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް ހުށަހަޅުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA