ޢާންމު ކޮމިޓީ

ޢާންމު ކޮމިޓީގެ 2024 ވަނަ އަހަރުގެ 7 ވަނަ ބައްދަލުވުން

6 މޭ 2024 11:30 ނަންބަރު 7

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ، ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރުމެވެ. އެގޮތުން، މި ކޮމިޓީގެ 2023 ވަނަ އަހަރުގެ 9 ވަނަ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރާ މަޖިލިސް އޮފިސަރުންނާއި ޕާލިމަންޓަރީ ސަރވިސް މުވައްޒަފުންނަށް ކޮންމެ އަހަރަކު އިންޝުއަރެންސް ޕްރިމިއަމްގެ ގޮތުގައި އަހަރަކަށް -/3500 (ތިންހާސް ފައްސަތޭކަ) ރުފިޔާ އަކީ ރަނގަޅު ފެންވަރެއްގެ އިންޝުއަރެންސް ޚިދުމަތެއް ފޯރުކޮށްދިނުމަށް އެކަށީގެންވާ ޢަދަދެއްކަމަށް ނުފެންނާތީ އެ ނިންމުން މުރާޖަޢާ ކުރުމަށް ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ހުށަހެޅުއްވިއެވެ. މި ހުށަހެޅުމާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރެއްވިއެވެ. އަދި މި މައްސަލައާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަޙްމަދު ފާއިޒް މުޙައްމަދު ކޮމިޓީއަށް ހާޒިރުކުރިއެވެ. ކޮމިޓީގައި ކުރެވުނު މަޝްވަރާތަކުގެ ޢަލީގައި މިހާރު ކަނޑައަޅާފައިވާ 3500/- ރުފިޔާގެ ބަދަލުގައި ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރާ މަޖިލިސް އޮފިސަރުންނާއި ޕާލިމަންޓަރީ ސަރވިސް މުވައްޒަފުންނަށް އިންޝުއަރެންސް ޕްރިމިއަމްގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް އަހަރަކު 7000/- (ހަތްހާސް) ރުފިޔާއަށް ވުރެން ބޮޑުނުވާނެ ޢަދަދެއް ހަމަޖައްސައި އެ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ހުށަހެޅުއްވިއެވެ. މިހުށަހެޅުމަށް އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން ތާޢީދު ކުރެއްވިއެވެ. މި ހުށަހެޅުމަށް ވޯޓަށް އެހުމުން އެވަގުތު ކޮމިޓީއަސް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

6 މޭ 2024

ރައްޔިތުންގެ މަޖިލީހުގައި މަސައްކަތް ކުރާ މަޖިލިސް އޮފިސަރުންނާއި ޕާލިމަންޓަރީ ސަރވިސް މުވައްޒަފުންގެ އިންޝުއަރެންސް މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA