އިޤްތިޞާދީ ކޮމިޓީ

އިޤްތިޞާދީ ކޮމިޓީގެ 2024 ވަނަ އަހަރުގެ 03 ވަނަ ބައްދަލުވުން

7 މޭ 2024 11:00 ނަންބަރު 3

ޚުލާސާ

މިބައްދަލުވުމުގައި ކުރިއަށް ގެންދެވީ، ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 8 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމުމެވެ. އެގޮތުން، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވާފައިވާ 2 ބޭފުޅުންނާއި ވެބް ކޮންފަރެންސް މެދުވެރިކޮށް އިންޓަވިއުކުރެއްވިއެވެ. އިންޓަވިއު ގަޑި ރިފަރަލް ދާއިމީ އެޑްރެސް ނަން # 11:20 ލީނާ ޒާހިރު ޙުސައިން ވައިޖެހޭގެ / ގއ.ވިލިނގިލި، އަލްފާޟިލް ޔަޛީދު މުޙައްމަދު 1. 12:00 - ހުޅުމާލެ ފުލެޓް ނަންބަރު ސީ1–3ބީ، އަލްފާޟިލް ޙަސަން ޒަރީރު 2. އިންޓަވިއު ނިމުމުން، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް އެއިން ބޭފުޅެއް ޢައްޔަނުކުރުމާމެދު ނުވަތަ ރުހުންދިނުމަށް ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޢްލަބިއްޔަތުން (10/10) ފާސްވެފައިވަނީ އަލްފާޟިލް ޙަސަން ޒަރީރު/ ހުޅުމާލެ ފުލެޓް ނަންބަރު ސީ1–3ބީ ގެ ނަންފުޅެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

13 މާރިޗު 2024

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA