ކޮމިޓީގެ ނަން

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ

ތާރީޚް

8 މޭ 2024 11:00

ނަންބަރު

2

ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ 2024 ވަނަ އަހަރުގެ 2 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ، ކޮމިޓީއަށް ލިބިފައިވާ މަސައްކަތްތައް ދިރާސާކުރުމުގެ މަސައްކަތެވެ. އެގޮތުން، ކޮމިޓީއަށް ލިބިފައިވާ ގިނަ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަގުތު ނެތުމާއި މިހާރު ހުރި މަސައްކަތްތައް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމުމަށް ތަންދިނުމަށް، ކޮމިޓީގައި ހުރި މަސައްކަތްތައް ކުރިއަށް ނުގެންގޮސް ބެހެއްޓުމަށް ނިންމެވިއެވެ. އެއަށްފަހު، ކޮމިޓީއަށް އަމިއްލަ ފަރާތްތަކުން ފޮނުވާފައިވާ 5 ސިޓީއަށް ޖަވާބު ފޮނުވުމަށް ނިންމަވައި، މިއަދުގެ ބައްދަލުވުން ނިންމެވިއެވެ.
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA