ކޮމިޓީގެ ނަން

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

ތާރީޚް

8 މޭ 2024 11:00

ނަންބަރު

9

2024 ވަނަ އަހަރުގެ 09 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ޤާނޫނު ނަންބަރު 2021/7 (ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު) އަށް ... ވަނަ އިޞްލާޙު ގެނައުމުގެ ބިލާ ގުޅޭގޮތުން، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްއާއި، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އަދި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބޭފުޅުންނާ ބައްދަލުކުރެއްވުމެވެ. އެބޭފުޅުންނާ ބައްދަލުކުރެއްވުމަށްފަހު، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ހުށަހަޅުއްވާ ގެމަނަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަޢީދު ތާއީދުކުރައްވާ، މި ދައުރުގެ ބާކީ މިއޮތް ދުވަސްތަކުގައި ބިލު ފުރިހަމައަށް ދިރާސާކޮށް ބިލުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ޤަބޫލުނުކުރެވޭތީ މި ދައުރުގައި މި ބިލުގެ މަސައްކަތް ކޮމިޓީން ކުރިއަށް ނުގެންދިއުމަށް ހުށަހެޅުއްވިއެވެ. މި ހުށަހެޅުން އެވަގުތު ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA