ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ

ތާރީޚް

13 މޭ 2024 10:30

ނަންބަރު

4

މާލިއްޔަތު ކޮމިޓީގެ 2024 ވަނަ އަހަރުގެ 04 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢިނާޔަތްތައް ކަނޑައެޅުއްވުމުގައި ރިޢާޔަތްކުރަންވީ ކަންތައްތައް ފާހަގަކުރައްވައި، އެކަންކަމަށް ގަވާއިދުތަކެއް ހެއްދެވުމަށް އެދި، 01 ޖުލައި 2019 ގައި ފޮނުއްވާފައިވާ ސިޓީގައިވާ މައްސަލައަކީ މާލިއްޔަތު ކޮމިޓީގެ މަސްއޫލިއްޔަތުގެ ދާއިރާގައި ތެރޭގައި ހިމެނޭ މައްސަލައެއްކަމަށް ޢާންމު ކޮމިޓީން ނިންމަވައި، މި ކޮމިޓީއަށް ފޮނުއްވާފައިވަނީ 09 މޭ 2024 ގައިވުމުން، އެ މައްސަލަ މާލިއްޔަތު ކޮމިޓީއަށް ލިބިފައިވަނީ ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ ލިބުނުތާ ގިނަ ދުވަސްތަކެއް ފަހުންކަމަށްވުމާއެކު އެ މައްސަލައިގެ މުއާލާތްކެނޑިފައިވާކަމަށް ކޮމިޓީގެ މެންބަރުން ދެކިވަޑައިގަންނަވާތީ، އެ މައްސަލަ އަނބުރާ ޢާންމު ކޮމިޓީއަށް ފޮނުއްވުމަށް، ހާޒިރުވެވަޑައިގެން ތިއްބެވި އެއްވެސް މެންބަރަކު އިޢުތިރާޒުނުކުރައްވާތީ، އެގޮތަށް ފާސްވިއެވެ. އެއަށްފަހު، މިނިސްޓްރީ އޮފް ފިނޭންސްއިން ފޮނުއްވާފައިވާ ލޯނު އަދި ގެރެންޓީސްގެ މަޢުލޫމާތު މެންބަރުންނާ ޙިއްޞާކުރެވިފައިވެއެވެ. އެގޮތުން ޙިއްޞާކުރެވުނު ލޯނު އަދި ގެރެންޓީސްގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ. • އެކްސަލަރޭޓިންގ ސަސްޓެއިނަބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިންގ ރިނުއުވަބަލް އެނާރޖީ ޕްރޖެކްޓް (އެޝުއަރ ޕްރޮޖެކްޓް) އަށް ބޭނުންވާ 187.5 މިލިއަން އެމެރިކާ ޑޮލަރު ހަމަޖެއްސުމަށް އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭ.ޑީ.ބީ) އާ ދިވެހި ސަރުކާރާ ދެމެދު 13 ޑިސެންބަރު 2023 ގައި ސޮއިކޮށްފައިވާ ލޯނު. • ސަބްމެރިން ކޭބަލް ޕްރޮޖެކްޓަށް ބޭނުންވާ ފައިނޭންސް ހަމަ ޖެއްސުމަށް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމް.އެފް.އެމް.ސީ) އިން ބޭންކް އޮފް ސިލޯން (ބީ.އޯ.ސީ) އާއެކު ސޮއިކޮށްފައިވާ 115.56 މިލިއަން ރުފިޔާ އަދި 7.5 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނަށް ދޫކޮށްފައިވާ ގެރެންޓީގ. އެއަށްފަހު، ކޮމިޓީއަށް ލިބިފައިވާ ކޮޕީ ސިޓީތަކާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ 2022 އަދި 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓް މެންބަރުންނާ ޙިއްޞާކުރެއްވުމުގެ ގޮތުން މެއިލްކުރުމަށްފަހު، ކޮމިޓީގެ އެޖެންޑާއިން ނެގުމަށް ނިންމެވިއެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA