ކޮމިޓީގެ ނަން

މަޖިލީހުގައި ހިމެނޭ ދާއިމީ ކޮމިޓީތައް އެކުލަވާލުމަށް ހޮއްވެވި ވަގުތީ ކޮމިޓީ

ތާރީޚް

10 ޖޫން 2019 11:00

ނަންބަރު

2

ކޮމިޓީގެ 2019 ވަނަ އަހަރުގެ 2 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި މަޖިލީހުގައި ހިމެނޭ ދާއިމީ ކޮމިޓީތަކަށް، ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތައް ތަމްސީލުކުރައްވާ މެންބަރުން އަދި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމަނުއްވާނެ ގޮތުގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ކޮމިޓީތަކަށް ޕާޓީތަކުން ބޭނުންވާ ޖާގަތައް ހަމަޖެއްސެވުމުގެ މަސައްކަތެވެ. މިގޮތުން، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން ޖާގަ ނަންގަވާފައިވާ ކޮމިޓީތަކާއި ނަންގަވާފައިވާ އަދަދު ހިއްސާކުރެއްވިއެވެ. އަދި ކޮމިޓީތަކުން ޖާގަ ނެންގެވުމާ ގުޅޭގޮތުން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެކި ޕާޓީތަކުގެ މެންބަރުންގެ މެދުގައި ކުރެވުނު ނުރަސްމީ މަޝްވަރާތަކަށްފަހު، މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ހުށަހެޅުއްވީ، ހުރިހާ މައިނޯރިޓީ ލީޑަރުންގެ މެދުގައި މިކަމާމެދު މަޝްވަރާކުރެއްވުމަށްފަހު، ކޮމިޓީގެ މަސައްކަތް 12:00 ގައި އަލުން ކުރިއަށް ގެންދެވުމަށެވެ. މިހުށަހެޅުމަށް އިތުރު މެންބަރަކު އިޢުތިރާޒު ނުކުރައްވާތީ، 12:00 ގައި އަލުން ކޮމިޓީގެ ބައްދަލުވުން ކުރިއަށް ގެންދަވާގޮތަށް 11:25 ގައި ކޮމިޓީ މެދުކަނޑާލެއްވިއެވެ. އަލުން ކޮމިޓީގެ ބައްދަލުވުން 12:05 ގައި ފެއްޓެވުމުން، ތ. ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ހުށަހަޅުއްވާ، މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ތާއީދުކުރެއްވީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އިން 9 ޖާގަ ނަންގަވާފައިވާ 4 ކޮމިޓީން، ކޮންމެ ކޮމިޓީއަކުން މައިނޯރިޓީ ކޮންމެ ޕާޓީއަކަށް 1 ޖާގަ، އަދި ވަކި ޕާޓީއަކަށް ނިސްބަތްނުވާ 1 މެންބަރަކަށް ޖާގަދެއްވުމަށެވެ. މިހުށަހެޅުމަށް ވޯޓަށް އެއްސެވުމުން، ކޮމިޓީގައި ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ. މިއަށްފަހު ކުރެވުނު ނުރަސްމީ މަޝްވަރާތަކުގައި، ޖުމްހޫރީ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕަލްސް ނެޝަނަލް ކޮންގްރެސް އަދި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް އިން ޖާގަ ބޭނުންވާ ކޮމިޓީތަކުގެ މަޢުލޫމާތު ހިއްސާކުރެއްވިއެވެ. ޕާޓީތަކުގެ ލީޑަރުންނާ އިތުރަށް މަޝްވަރާކުރެއްވުމަށް 12:25 ގައި ކޮމިޓީގެ ބައްދަލުވުން މެދުކަނޑާލެއްވުމަށްފަހު އަލުން 13:10 ގައި ކޮމިޓީ ފެއްޓެވިއެވެ. އަދި ކޮމިޓީގައި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުން ތަމްސީލުކުރައްވާ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް، ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުންނާ މަޝްވަރާކުރެއްވުމަށްފަހު، އެމެންބަރުން ޖާގަ ބޭނުންފުޅުވާ ކޮމިޓީތައް ހުށަހެޅުއްވިއެވެ. މިހުށަހެޅުމަށް ތ. ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ތާއީދުކުރެއްވިއެވެ. މި ހުށަހެޅުމާއި، އަދި ހުރިހާ ޕާޓީތަކަށް، ކޮމިޓީތަކުން ޖާގަ ބެހިފައިވާ ގޮތަށް އެއްވެސް މެންބަރަކު އިއުތިރާޒު ނުކުރައްވާތީ، އެގޮތަށް ނިމުނީ ކަމަށް ނިންމަވާ ކޮމިޓީ ބައްދަލުވުން ނިންމަވާލެއްވިއެވެ. ކޮމިޓީތަކުގެ ޖާގަތައް ޕާޓީތަކަށް ބެހިފައިވާ ގޮތް ތިރީގައި އެވަނީ އެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA