ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

8 މޭ 2024 10:35

ނަންބަރު

10

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2024 ވަނަ އަހަރުގެ 10 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ އެޖެންޑާކުރެވިފައިވަނީ ކޮމިޓީގައި މިވަގުތު ނުނިމިހުރި މަސައްކަތް ނިންމުމެވެ. އެގޮތުން ކޮމިޓިއަށް ލިބިފައިވާ ސިޓީތަކާ ގުޅޭގޮތުން މަޝަވަރާކުރެއްވުމަށް ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޫކުރި މައްސަލައިގައި ފްލެޓް ލިސްޓު އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަޙުޤިގުކޮށް ނިންމެވި އިރު އެ ލިސްޓުގައި ޝަރުތު ހަމަނުވާކަމަށް ކަނޑައަޅުއްވާފައިވާ ފަރާތެއްކަމުގައިވާ އިސްމާއީލް ނާއިފް އަބުބަކުރު ފޮނުއްވާފައިވާ ސިޓީއާ ގުޅިގެން ކޮމިޓީގައި މަޝްވަރާކުރެއްވުމަށްފަހު ނިންމެވީ އެފަރާތްތަކަށް މީގެ ކުރިންވެސް އެ މައްސަލައާ ގުޅިގެން ޖަވާބެއް ދެއްވާފައިވީނަމަވެސް އިތުރަށް މިކަމުގައި މައްސަލަ ހުށަހަޅަމުންދާތީ ކޮމިޓީން މިކަމުގައި އިތުރަށް ކޮށްދެވޭނެކަމަކި އެފަރާތްތަކަށް ފެންނާނެހެން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކޮމިޓިއަށް ފޮނުވާފައިވާ ލިސްޓް އާންމު ކުރުން ކަމުގައިވާތީ މީގެ ކުރިންވެސް ކޮމިޓީން ނިންމާފައިވާ ފަދައިން އެ ލިސްޓް އާންމުކޮށްދެއްވުން އެދި މަޖިލީހުގެ ރައީސަށް ދެންނެވުމަށެވެ. އަދި މިކަމާ ގުޅޭގޮތުން މަޖިލީހުން ނިންމުމެއް ނިންމާފައިވުމާއެކު ކޮމިޓީގެ އެ ނިންމުމަށް އަމަލުކުރުމަށް ހުރަހެއް ނެތްކަމަށްވެސް ކޮމިޓިން ދެކޭތީ އެލިސްޓް އާންމުކުރުމަށް ބާރަށުދާއިރާގެ މެންބަރު އަހްމަދު ޢަބްދުﷲ ހުށަހަޅުއްވައި މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ތާއިދު ކުރެއްވި މު ހުށަހެޅުން ކޮމިޓީގައި ހާޒިރުވެ ވަޑައިގެން ތިއްބެވި މެންބަރުންގެ އަޣުލަބީއްޔަތުންވަނީ ފާސްކޮށްފައެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA