ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

13 މޭ 2024 11:00

ނަންބަރު

15

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީގެ 2024 ވަނަ އަހަރުގެ 15 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގައި ނުނިމި ހުރި މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ މައްސަލަތަކާ ގުޅޭގޮތުން ތިރީގައިވާ ނިންމުންތައް ނިންމެވިއެވެ. 1. މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އުވާލުމާ ގުޅިގެން އެ ކުންފުނީގެ ވަޒީފާ ގެއްލިފައިވާ ފަރާތްތަކަށް ސިވިލް ސަރވިސްއިން ވަޒީފާ ދިނުމަށް ނިންމަވާފައިވާ މައްސަލައާ ގުޅިގެން، އެފަރާތްތަކުގެ މުސާރައާއި ޢިނާޔަތްތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގެ މަޢުލޫމާތު ކޮމިޓީން ސާފުކުރައްވާފައިވާކަމަށާއި އެގޮތުން ދައުލަތުގެ ހުރިހާ މަޤާމުތައް މުސާރައާއި އެލަވަންސްތައް އެއްހަމަކޮށް އެކުލަވާލާ ޕޭ ފްރޭމްވަރކްގެ މަސައްކަތް މިހާރުވަނީ އެންމެ ފަހުގެ މަރުޙަލާގައިކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން މަޢުލޫމާތު ދެއްވާފައިވާތީ، މި މައްސަލައަށް އަވަސް ޙައްލެއް ލިބޭނެކަމަށް ބެލެވޭތީ، މައްސަލަ ކޮމިޓީގެ ސްޓޭޓަސް އިން ނެގުމަށް ނިންމަވިއެވެ. 2. ގދ. ތިނަދޫ އައު އިންޖީނުގެ ޢިމާރާތުގެ ނުނިމި ހުރި މަސައްކަތް ހަވާލުކުރުމުގައި ގޮތް ނޭނގޭ ކަންތައްތަކެއް ހިނގާކަމަށް ބުނެ ސަޢުދުﷲ ޙިލްމީ، ހ. ރެއާލް 3A، 28 ޖޫން 2020 ގައި ފޮނުއްވާފައިވާ ސިޓީ ދިރާސާކުރެއްވުމަށް ސަބް ކޮމިޓީއެއް އެކުލަވާލާފައިވާއިރު، އެ ކޮމިޓީގެ މަސައްކަތް ނިންމުމުގެ މަރުޙަލާގައިވާތީ، ސަބް ކޮމިޓީން މައި ކޮމިޓީއަށް އެ މައްސަލަ ނެގުމަށްފަހު، އެ މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅުއްވައިގެން ކުރިއަށްގެންދިއުމަށް މައްސަލަ ހުށަހެޅުއްވި ފަރާތަށް ދެންނެވުމަށް ނިންމެވިއެވެ. 3. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންގެ ނައިބު ރައީސް ސިޔާސީ ކަންކަމުގައި އުޅޭކަމަށް ޝަކުވާ ލިބެމުންދާތީ، ހުށަހަޅާފައިވާ މައްސަލަ އިތުރަށް ބަލާނެ ވަގުތެއް ނެތުމުން ކޮމިޓީގެ ސްޓޭޓަސްއިން ނެގުމަށް ނިންމެވިއެވެ. 4. މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ބޯޑުން އެ ކުންފުނީގެ މުވައްޒަފުން ރެކްރޫޓްކުރުމުގެ އުސޫލަށް ބަދަލު ގެނައުމުގައި ފާހަގަކުރެވިފައިވާ ކަންތައްތަކުގެ މައްޗަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ހައްދަވާފައިވާ ރިވިއުގައިވާ ކަންތައް އިސްލާޙުކުރެއްވުމަށްފަހު 18 ޖޫން 2023 ގައި އަންގަވައިދެއްވުމަށް އެދި އެ ކުންފުންޏަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ފޮނުއްވައި ކޮމިޓީއަށް ކޮޕީކުރެވިފައިވާ ސިޓީ މެންބަރުންނާ ޙިއްޞާކުރެއްވުމަށްފަހު ކޮމިޓީގެ ސްޓޭޓަސް އިން ނެގުމަށް ނިންމެވިއެވެ. 5. "މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ މަޤާމުތަކަށް މުވައްޒަފުން ރެކްރޫޓްކުރުމުގެ އުސޫލަށް ގެނެވުނު ބަދަލުތަކުގެ ރިވިއު ރިޕޯޓު" ގައި ފާހަގަކުރައްވާފައިވާ ކަންތައްތަކާ ގުޅޭގޮތުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް 13 ޖޫން 2023 ގައި ފޮނުއްވައި، ކޮމިޓީއަށް ކޮޕީކުރެވިފައިވާ ސިޓީ މެންބަރުންނާ ޙިއްޞާކުރެއްވުމަށްފަހު ކޮމިޓީގެ ސްޓޭޓަސް އިން ނެގުމަށް ނިންމެވިއެވެ. 6. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ހުށަހަޅިފައިވާ، ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ "ޕްރޮކިއުމަންޓް އެންޑް އިމްޕްލިމެންޓޭޝަން އޮފް އެންޓަޕްރައިސް ރިސޯސް ޕްލޭނިންގ (އީ.އާރް.ޕީ) ސޮލިއުޝަން އެންޑް ހިއުމަން ރިސޯސް ސޮފްޓްވެއަރ"ގެ ޓެންޑަރ މައްސަލައާ ގުޅޭގޮތުން، އެ ބޯޑުގެ އެދުމުގެ މަތިން ކޮށްފައިވާ އެ ކުންފުނީގެ އިންޓަރނަލް ޕްރޮކިއުމަންޓް އޮޑިޓްގައި ފާހަގަކޮށްފައިވާ ރިކޮމެންޑޭޝަންތަކުގައިވާ ގޮތުގެ މަތިން އަލުން ޓެންޑަރ ޕްރޮސެސް ކުރިއަށް ގެންދިއުމަށް އެ ކުންފުންޏަށް ދެންނެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ހިއްސާކޮށް ފޮނުއްވާފައިވާ ސިޓީ މެންބަރުންނާ ޙިއްޞާކުރެއްވުމަށްފަހު ކޮމިޓީގެ ސްޓޭޓަސް އިން ނެގުމަށް ނިންމެވިއެވެ. 7. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ހުށަހެޅިފައިވާ،ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ ބޯޑު މެންބަރުންގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދި، ބޯޑުގެ ޖަލްސާތައް ނުބޭއްވި، ބޯޑު ހުއްޓުމަކަށް ގޮސްފައިވާ މައްސަލައާ ގުޅޭގޮތުން އެ ބޯޑުން ނިންމަވާފައިވާ ނިންމުންތައް އެ ކުންފުންޏަށް ފޮނުއްވައި ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީއަށް ކޮޕީކުރެވިފައިވާ ސިޓީ މެންބަރުންނާ ޙިއްޞާކުރެއްވުމަށްފަހު ކޮމިޓީގެ ސްޓޭޓަސް އިން ނެގުމަށް ނިންމެވިއެވެ. 8. ހުޅުމާލޭގެ ސިނާޢީ ސަރަހައްދުން ސިނާޢީ ބޭނުމަށް އަލްފާޟިލް ޢަލީ ޝަފީޤަށް ކުއްޔަށް ދޫކުރެވިފައިވާ M1-02 ބިމުގެ އެއްބަސްވުމާ ގުޅޭގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އެ ފަރާތަށް ފޮނުއްވައި، ސްޓޭޓް އޯންޑް އެންޓަޕްރައިސަސްއަށް ކޮޕީކުރެވިފައިވާ ސިޓީ މެންބަރުންނާ ޙިއްޞާކުރެއްވުމަށްފަހު ކޮމިޓީގެ ސްޓޭޓަސް އިން ނެގުމަށް ނިންމެވިއެވެ. 9. 26 އެޕްރީލް 2023 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 36 ވަނަ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި، ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންގެ އެކައުންޓްތަކުން އެ އެކައުންޓްތަކުގެ ވެރިފަރާތްތަކަށް ނޭނގި ފައިސާ ކެނޑެމުންދާ މައްސަލަ ދިރާސާކޮށް ކޮމިޓީން ނިންމިގޮތުގެ ރިޕޯޓް އާ ގުޅިގެން، 31 މޭ 2023 ގައި އުރީދޫ މޯލްޑިވްސް އިން ފޮނުއްވާފައިވާ ސިޓީ މެންބަރުންނާ ޙިއްޞާކުރެއްވުމަށްފަހު ކޮމިޓީގެ ސްޓޭޓަސް އިން ނެގުމަށް ނިންމެވިއެވެ. 10. 26 އެޕްރީލް 2023 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 36 ވަނަ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި، ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންގެ އެކައުންޓްތަކުން އެ އެކައުންޓްތަކުގެ ވެރިފަރާތްތަކަށް ނޭނގި ފައިސާ ކެނޑެމުންދާ މައްސަލަ ދިރާސާކޮށް ކޮމިޓީން ނިންމިގޮތުގެ ރިޕޯޓް އާ ގުޅިގެން، 19 ޖޫން 2023 ގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ފޮނުއްވާފައިވާ ސިޓީ މެންބަރުންނާ ޙިއްޞާކުރެއްވުމަށްފަހު ކޮމިޓީގެ ސްޓޭޓަސް އިން ނެގުމަށް ނިންމެވިއެވެ. 11. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ 2024 އިން 2026 އަށް އެކުލަވާލައިފައިވާ ސްޓްރަޓެޖިކް އެކްޝަން ޕްލޭނަށް 13 ޖުލައި 2023 ގެ ކުރިން ކޮމެންޓްކުރެއްވުމަށް އެދި އެބޯޑުން ފޮނުއްވާފައިވާ މައްސަލައިގެ ކޮމެންޓްކުރުމުގެ މުއްދަތް ހަމަވެފައިވާތީ، އެ މައްސަލަ ކޮމިޓީގެ ސްޓޭޓަސްއިން ނެގުމަށް ނިންމެވިއެވެ. 12. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ކޯރަމް ހަމަވާ މިންވަރަށް މެންބަރުން ނެތް މައްސަލައާއި ޤާނޫނީ ގޮތުން ބޯޑު ހިންގުމުގައި ހުރި ދަތިތަކާމެދު މަޝްވަރާކުރެއްވުމަށް އެދި އެ ބޯޑުން ފޮނުއްވާފައިވާ މައްސަލަ މިހާރު ޙައްލުވެފައިވާތީ، އެ މައްސަލަ ކޮމިޓީގެ ސްޓޭޓަސްއިން ނެގުމަށް ނިންމެވިއެވެ. 13. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ޤާނޫނީ ޒިންމާ ފުރިހަމައަށް އަދާކުރުމަށް ހުރި ގޮންޖެހުންތަކަށް ހައްލެއް ހޯއްދަވާދެއްވުމަށް އެދި އެ ބޯޑުން އެދޭކަންތައް ބަޔާންކޮށް ފޮނުއްވާފައިވާ މައްސަލަ ގުޅޭގޮތުން އެ ބޯޑާއި މިނިސްޓްރީ އޮފް ފިނޭންސް އާ ބައްދަލުކޮށް، އެ މައްސަލަތައް ޙައްލުކުރެއްވުމުގެ މަސައްކަތް މިނިސްޓްރީން ކުރައްވަމުންދާތީ، މައްސަލަ ކޮމިޓީ ސްޓޭޓަސްއިން ނެގުމަށް ނިންމެވިއެވެ. 14. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ބޭންކް އޮފް މޯލްޑިވްސްއިން ދޭންވާވަރަށް އެއްބާރުލުން ނުދެއްވާކަމަށް ބަޔާންކޮށްފައިވާތީ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު އަދި ބޭންކް އޮފް މޯލްޑިވްސްއާ ބައްދަލުކުރެއްވުމަށް ހުށަހަޅާފައިވާ މައްސަލަ މިހާރު ޙައްލުވެފައިވާތީ، އެ މައްސަލަ ކޮމިޓީގެ ސްޓޭޓަސްއިން ނެގުމަށް ނިންމެވިއެވެ. 15. ޏ. ފުވައްމުލަކުގެ ކަރަންޓު ޚިދުމަތް ދިނުމަށް ބޭނުންކުރަމުންދާ އެއް ޖެންސެޓަށް ދިމާވި މައްސަލަ ޙައްލުކުރުމަށް ފެނަކަ ކޯޕަރޭޝަނުން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުންނުދާތީ، އެ މައްސަލަ ބައްލަވައިދެއްވުމަށް އެދި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ ހުށަހަޅުއްވާފައިވާ މައްސަލަ މިހާރު ޙައްލުވެފައިވާތީ، އެ މައްސަލަ ކޮމިޓީގެ ސްޓޭޓަސްއިން ނެގުމަށް ނިންމެވިއެވެ. 16. ސަރުކާރު ބަދަލުވުމަށްފަހު، ސަރުކާރު ހިއްޞާވާ ބައެއް ކުންފުނިތަކާ ގުޅޭގޮތުން ކޮމިޓީއަށް ލިބެމުންދާ ޝަކުވާތައް ދިރާސާކުރެއްވުމަށް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް ޕީސީބީ އާ ބައްދަލުކުރައްވައި، މަޢުލޫމާތު ސާފުކުރައްވާފައިވާތީ، މި މައްސަލަ ކޮމިޓީގެ ސްޓޭޓަސްއިން ނެގުމަށް ނިންމެވިއެވެ. 17. އާސަންދަ ކުންފުނީގެ މަސައްކަތް ހިނގަމުންދާގޮތް ދިރާސާކުރެއްވުމަށް، އެ ކުންފުނީގެ ބޭފުޅުންނާ ބައްދަލުކުރައްވައި، މަޝްވަރާކުރެއްވުމަށް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް އާސަންދަ ކުންފުނީގެ ބޭފުޅުންނާ ބައްދަލުކުރައްވާފައިވާތީ، މި މައްސަލަ ކޮމިޓީގެ ސްޓޭޓަސްއިން ނެގުމަށް ނިންމެވިއެވެ. 18. ދިވެހީންގެ ވަޒީފާތައް ކަށަވަރުކޮށްދޭނެކަމަށާއި އެއްވެސް މުވައްޒަފަކު އަދާކުރަމުންދާ ވަޒީފާއިން ވަކިނުކުރާނެކަމަށް އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވައުދުވެފައިވީ ނަމަވެސް، ހއ.ހޯރަފުށީގައި ޤާއިމްކޮށްފައިވާ ބޮޓްލިންގ ޕްލާންޓް ޕްރޮޖެކްޓުގައި މަސައްކަތްކުރަމުންދިޔަ 22 މުވައްޒަފުން ކުއްލި ގޮތަށްކަށް ވަކިކޮށްފައިވާތީ، އެ ކޯޕަރޭޝަނުން މި ގޮތަށް މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ މައްސަލަ ބައްލަވައިދެއްވައި އެ މުވައްޒަފުންނަށް ވަޒީފާ އިޔާދަކޮށްދެއްވުމަށް އެދި ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަނުން ލިމިޓެޑުން ދެއްވާފައިވާ ޖަވާބު މެންބަރާ ޙިއްޞާކުރެއްވުމަށް ނިންމެވިއެވެ. 19. ނިމިދިޔަ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ސަރުކާރުން، ހއ.ދިއްދޫގައި ޢިމާރަތްކުރައްވަން ފައްޓަވާފައިވާ ހއ.ދިއްދޫ އައިސް ޕްލާންޓްގެ މަސައްކަތަށް ފެނަކަ ކޯޕަރޭޝަން ލިމެޓެޑުން ވަޒީފާ ދެއްވާފައިވާ 57 ކޮންޓްރެކްޓް މުވައްޒަފުން އެއްވެސް ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކޮށްފައިވާ މައްސަލައާ ގުޅޭގޮތުން ފެނަކަ ކޯޕަރޭޝަނުން ދެއްވާފައިވާ ޖަވާބު މެންބަރާ ޙިއްޞާކުރެވިފައިވާތީ، އެ މައްސަލަ އެޖެންޑާއިން ނެގުމަށް ނިންމަވިއެވެ. 20. ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް މުވައްޒަފުންނާމެދު ޢަމަލުރައްވަމުންދާކަމަށް ބަޔާންކޮށް، އެ މައްސަލަ ބައްލަވައިދެއްވުމަށް އެދި ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ފޮނުއްވާފައިވަ މައްސަލައާ ގުޅޭގޮތުން ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ދެއްވާފައިވާ ޖަވާބު މެންބަރާ ޙިއްޞާކުރެއްވުމަށް ނިންމެވިއެވެ. 21. މިފްކޯގެ ވަޞީލަތްތައް ސިޔާސީ ކަންކަމުގައި ބޭނުންކުރަމުންދާތީ، އެ މައްސަލައިގައި މިފްކޯއާއި ޕީސީބީ ބޯޑު ކޮމިޓީއަށް ހާޒިރުކުރުމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން މިފްކޯ އަދި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑާ ބައްދަލުކޮށް މަޝްވަރާކުރެވިފައިވާތީ، މައްސަލަ ކޮމިޓީގެ ސްޓޭޓަސްއިން ނެގުމަށް ނިންމަވިއެވެ. 22. ރަހާ ރިސޯޓަށް އަންނަ ފަތުރުވެރިންއަށް އެތެރޭގެ އުދުހުންތައް ފޯރުކޮށްދިނުމަށް، އެ ރިސޯޓާއިއެކު އެއްބަސްވުން ހެދުމަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ދެކޮޅު ހަދާފައިވާކަމަށާއި ކުއްލިގޮތަކަށް އިތުރު ނޯޓިސްއެއް ދިނުމެއްނެތި ކުރިން އެ ރިސޯޓާއިއެކު އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުން ހަދާފައިވާ އެއްބަސްވުން އާނުކުރުމަށް ނިންމަވާފައިވާތީ، މި މައްސަލަ ބައްލަވައިދެއްވުމަށް އެދި ރަހާ ރިސޯޓުން ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު އެ މައްސަލަ އައިލެންޑް އޭވިއޭޝަނާ މަޝްވަރާކުރައްވައިގެން ޙައްލުކުރެއްވުމަށް ރަހާ ރިސޯޓަށް ދެންނެވުމަށް ނިންމަވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

29 އޭޕްރީލު 2024

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ގެ ނައިބު ރައީސް ސިޔާސީ ކަންކަމުގައި އުޅޭކަމަށް ޝަކުވާ ލިބެމުންދާތީ، އެކަމާ ގުޅޭގޮތުން މަޝްވަރާކުރުން.

ކޮމެޓީ މަސައްކަތް ނިމިފައި

27 މާރިޗު 2024

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކުންފުނީގެ އުސޫލުތަކާ ޚިލާފަށް މުވައްޒަފުން ވަޒީފާއިން ވަކިކޮށް އާ މުވައްޒަފުން ވަޒީފާއަށް ނަގަމުންދާ މައްސަލަ ދިރާސާކުރުން

ކޮމެޓީ މަސައްކަތް ނިމިފައި

28 ފެބްރުއަރީ 2024

ބޭންކް އޮފް މޯލްޑިވްސްއިން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ދޭންވާވަރަށް އެއްބާރުލުން ނުދެއްވާކަމަށް ބަޔާންކޮށްފައިވާތީ، އެ ބޯޑާއި ބޭންކް އޮފް މޯލްޑިވްސްއާ ބައްދަލުކުރެއްވުމަށް.

ކޮމެޓީ މަސައްކަތް ނިމިފައި

13 ފެބްރުއަރީ 2024

މިފްކޯގެ ވަޞީލަތްތައް ސިޔާސީ ކަންކަމުގައި ބޭނުންކުރަމުންދާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

31 ޖެނުއަރީ 2024

ޏ. ފުވައްމުލަކުގެ ކަރަންޓު ޚިދުމަތް ދިނުމަށް ބޭނުންކުރަމުންދާ އެއް ޖެންސެޓަށް ދިމާވި މައްސަލަ ޙައްލުކުރުމަށް ފެނަކަ ކޯޕަރޭޝަނުން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުންނުދާ މައްސަލަ.

ކޮމެޓީ މަސައްކަތް ނިމިފައި

27 ޑިސެމްބަރު 2023

ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ކަނޑައަޅާފައިވާ އުޞޫލުތަކާ ޙިލާފަށް މުވައްޒަފުންނާމެދު ޢަމަލުކުރައްވަމުންދާ މައްސަލަ.

ކޮމެޓީ މަސައްކަތް ނިމިފައި

5 ޑިސެމްބަރު 2023

އާސަންދަ ކުންފުނިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ދިރާސާކުރުން.

ކޮމެޓީ މަސައްކަތް ނިމިފައި

5 ޑިސެމްބަރު 2023

ސަރުކާރު ޙިއްޞާވާ ބައެއް ކުންފުނިތަކާ ގުޅޭގޮތުން ކޮމިޓީއަށް ލިބެމުންދާ ޝަކުވާތައް ދިރާސާކުރެއްވުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ބޭފުޅުންނާ ބައްދަލުކުރެއްވުން

ކޮމެޓީ މަސައްކަތް ނިމިފައި

5 ނޮވެމްބަރު 2023

އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާއި ރަހާ ރިސޯޓްސްއާ ދެމެދު ވެވުނު އެއްބަސްވުމަކާއި ގުޅިގެން ހުށަހަޅުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

12 އޮކްޓޯބަރު 2023

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑަށް ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކަށް ޙައްލެއް ހޯދުމަށް އެދި، އެ ބޯޑުން ފޮނުއްވާފައިވާ މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

12 މޭ 2020

ގދ.ތިނަދޫ/ފަތިސް، ސައުދުއްﷲ ހިލްމީ ހުށަހަޅުއްވައިފައި މައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA