ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ އަދި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ސަބް ކޮމިޓީ (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު)

ތާރީޚް

15 ސެޕްޓެމްބަރު 2021 13:00

ނަންބަރު

1

ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރާ ލާމަރުކަޒީ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ސަބް ކޮމިޓީގެ 1 ވަނަ ބައްދަލުވުން

ޚުލާސާ

މިބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ކޮމިޓީގެ މުޤައްރިރާއި މުޤައްރިރުގެ ނައިބު ހޮއްވެވުމުގެ މަސައްކަތެވެ. ކޮމިޓީގެ މުޤައްރިރަކަށް ހުންނެވުމަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު ހުށަހަޅުއްވައި، ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ތާއީދުކުރެއްވި ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒްގެ ތާއީދު ވޯޓަށް އެއްސެވުމުން ކޮމިޓީގައި ވަޑައިގެން ތިއްބެވި މެންބަރުންގެ އިއްތިފާޤުން ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ކޮމިޓީގެ މުޤައްރިރަކަށް ހޮވިވަޑައިގަތެވެ. އަދި މުޤައްރިރުގެ ނައިބަކަށް ހުންނެވުމަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅު ހުށަހެޅުއްވުމަށް ހުޅުވާލެވުނު ފުރުޞަތުގައި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު ހުށަހަޅުއްވައި، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ތާއީދުކުރެއްވި ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ކޮމިޓީގެ މެންބަރުންގެ އިއްތިފާޤުން ކޮމިޓީގެ މުޤައްރިރުގެ ނައިބަކަށް ހޮވިވަޑައިގަތެވެ. މަސައްކަތް ނިންމުމުގެ ސުންގަޑިއެއްގެ ގޮތުގައި ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ހުށަހެޅުއްވައި، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު ތަޢީދުކުރެއްވި ސުންގަޑިއެއް ކަމުގައި 18 އޮކްޓޫބަރު 2021 ވާ ހޯމަ ދުވަސް އިއްތިފާޤުން ފާސްވިއެވެ. އަދި އެއަށްފަހު، ކޮމިޓީން މަޢުލޫމާތު ހޯއްދަވާނެ މުއައްސަސާތައް ކަނޑައެޅުއްވިއެވެ. މިގޮތުން، ލިޔުމުން ކޮމެންޓް ހޯއްދެވުމަށް ކަނޑައެޅުއްވި ފަރާތްތައް ތިރީގައި އެވަނީއެވެ. 1. ލޯކަލް ގަވަރމަންޓް އޮތޯރިޓީ 2. ސިޓީ ކައުންސިލްގެ އިދާރާތައް 3. އަތޮޅު ކައުންސިލްގެ އިދާރާތައް 4. ގުޅުންހުރި މިނިސްޓްރީތައް އަދި ބައްދަލު ކުރައްވައި މަޢުލޫމާތު ހޯއްދަވާނެ ކަމަށް ކަނޑައެޅުއްވި ފަރާތްތައް ތިރީގައި އެވަނީއެވެ. 1. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ 2. މިނިސްޓްރީ އޮފް ފިނޭންސް 3. ލޯކަލް ގަވަރމަންޓް އޮތޯރިޓީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA