ކޮމިޓީގެ ނަން

މާލިއްޔަތު ކޮމިޓީ އަދި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ސަބް ކޮމިޓީ (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު)

ތާރީޚް

23 ނޮވެމްބަރު 2021 10:10

ނަންބަރު

2

ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރާ ލާމަރުކަޒީ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ސަބް ކޮމިޓީގެ 2 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކޮމިޓީ އަށް ހުށަހަޅުއްވާފައިވާ ބިލުގެ ސުންގަޑި 25 ނޮވެންބަރު 2021 ވާ ބުދަ ދުވަހަށް އިތުރު ކުރުމަށާއި ބިލާއި ގުޅޭގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި މިނިސްޓްރީ އޮފް ފިނޭންސްގެ ބޭފުޅުންނާ ބައްދަލުކުރުމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ތާޢީދުކުރައްވާ އެ ވަގުތު ކޮމިޓީ އަށް ހާޒިރުވެވަޑައިގެންތިއްބވި 4 މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ. ( ކޮމިޓީ އަށް ހާޒިރުވެވަޑައިގެންތިއްބެވި މެންބަރުން: ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު، ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ، އަދި ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރު)

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA