މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2020 ވަނަ އަހަރުގެ 20 ވަނަ ބައްދަލުވުން

3 މާރިޗު 2020 13:30 ނަންބަރު 20

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ (2008/13) އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނަށް އިސްލާޚު ގެނައުމުގެ ބިލު ދިރާސާކުރެއްވުމެވެ. ނަމަވެސް މި ބައްދަލުވުމުގައި ފުރަތަމަ މެންބަރުންގެ މެދުގައި މަޝްވަރާ ކުރެވުނީ، ކޮމިޓީގެ 19 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު އަލްފާޟިލާ ފާޠިމަތު އާމިރާ ކޮމިޓީއަށް ހާޟިރު ވުމަށް އަންގާފައިވާތީ އެ ފަރާތައް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ 5 ދުވަސް ދެވިފައި ނުވާތީ، ގަވާއިދާ އެއްގޮތަށް އަމަލު ކުރުމަށް އަލުން އެކަމަނާއަށް ސިޓީއަކުން ދެންނެވުމަށް ކޮމިޓީން ފާސް ކުރެވުނެވެ. ކޮމިޓީން ފާސްކުރެވުނު ތާރީޚަކީ 10 މާރިޗު 2020 ވަނަ ދުވަހުގެ 14:00 އަށެވެ. އެއަށްފަހު ކޮމީޓީން 2008/13 އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުއަށް އިސްލާޚު ގެނައުމުގެ ބިލު ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނެވެ. އެ ގޮތުން ބިލުގެ 21 ވަނަ މާއްދާގެ (ރ) އިން ފެށިގެން މުޅި ބިލު ބައްލަވައި ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

2 މާރިޗު 2020

ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރު ފާތުމަތު އާމިރާ ގެމައްޗަށް ތުހުމަތުކުރެވޭ ކަންތައްތަކާގުޅޭ މަައްސަލަ

ކޮމެޓީ މަސައްކަތް ނިމިފައި

4 ސެޕްޓެމްބަރު 2019

ޤާނޫނު ނަންބަރު 13/2008(އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) އަށް އިސްލާހުގެނައުމުގެ ބިލު ދިރާސާކުރެއްވުން

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA