ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

17 ފެބްރުއަރީ 2020 14:00

ނަންބަރު

7

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 07 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ގޭން އިންޓަރނޭޝަނަލް އެއަރޕޯޓްގެ ހާލަތު ބެއްލެވުމަށް ކޮމިޓީގެ މެންބަރުން އައްޑޫއަށް ކުރެއްވި ދަތުރާގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ. މިގޮތުން މި ދަތުރުގައި ފާހަގަކުރެވުނު މައްސަލަތަކާ ގުޅޭގޮތުން ސަރުކާރުގެ އިދާރާތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދައި މި މައްސަލަ ދިރާސާކުރެއްވުމަށް ސަބް ކޮމިޓީއެއް ހޮއްވެވިއެވެ. އަދި މި ސަބް ކޮމިޓީގެ މެންބަރުންގެ ގޮތުގައި ތިއްބެވުމަށް އަންނަނިވި މެންބަރުންގެ ނަންތައް ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ހުށަހަޅުއްވިއެވެ. މި ހުށަހެޅުއްވުމަށް ކިނބިދޫ ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒް ތާއިދުކުރެއްވިއެވެ. އަދި އެއްވެސް ބޭފުޅަކު އިއުތިރާޒް ނުކުރައްވާތީ މި ހުށަހެޅުއްވުން ފާސްވިއެވެ. 1. ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު 2. ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދުދީދީ 3. ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޒުލް ރަޝީދު 4. އިސްދޫ ދާއިރާގެ މެންބަރު ޢަލީ ޙަމީދު 5. ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA