ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

19 ފެބްރުއަރީ 2020 11:30

ނަންބަރު

8

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 8 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ސްޓެލްކޯއާ ގުޅޭގޮތުން ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތަކާ މެދު މެންބަރުން މަޝްވަރާކުރެއްވިއެވެ. 1. ސްޓެލްކޯ ލޓޑ އިން ނިމިދިޔަ ސަރުކާރުގައި ސްޓެލްކޯގެ މުވައްޒަފުންގެ "ހެލްތް އިންޝުއަރެންސް" އުވާލާފައިކަމާއި، ސްޓެލްކޯގެ ޕޭ ސްޓްރަކްޗަރ ބަދަލުކޮށް 10 އަހަރަށް ވުރެ ގިނަދުވަހު ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް ދޭ "ލޯންގ ސަރވިސް އެލަވަންސް" އާއި މަތީ ތައުލީމް ޙާސިލްކުރުމަށް ދޭ "ޕްރޮފެޝަނަލް އެލަވަންސް" ވެސް މިހާރު ހުއްޓާފައިވާކަން ފާހަގަކުރައްވާ، ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލައާ ގުޅޭގޮތުން އިތުރަށް މަޢުލޫމާތު ހޯއްދެވުމަށް ނިންމެވިއެވެ. މިގޮތުން އެ ކުންފުނީގެ މުސާރައިގެ އޮނިގަނޑު އަދި މުވައްޒަފުންނަށް ދެމުންގެންދާ އެލަވަންސްތަކާ ހެލްތު އިންޝުއަރެންސްއާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ސްޓެލްކޯއަށް ސިޓީ ފޮނުއްވަން ނިންމެވިއެވެ. އަދި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ މުސާރައިގެ އޮނިގަނޑާ ގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ސިޓީ ފޮނުއްވުމަށް ވެސް ނިންމެވިއެވެ. 2. ނިމިދިޔަ ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރަމުންދާ ފްލެޓްތައް މުވައްޒަފުންނަށް ދިނުމުގައި ސްޓެލްކޯގައި ވަނީ މުވައްޒަފުންނަށް ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައިކަމަށް ފާހަގަކުރައްވާ ކޮމިޓީއަށް ހުށާހެޅިފައިވާ މައްސަލައާ ގުޅިގެން މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޢިމާރާތްކޮށްފައިވާ ފްލެޓްތައް ބެހުމުގައި ޢަމަލުކޮށްފައިވާ އުޞޫލާއި، މުވައްޒަފުންނަށް ޕޮއިންޓްދީފައިވާ އުޞޫލު އަދި ފްލެޓްތައް ލިބިފައިވާ މުވައްޒަފުންގެ ތަފްޞީލް އެ ކުންފުނިން ހޯދުމަށް ނިންމެވިއެވެ. 3. ކަރަންޓުގެ މައްސަލަތައް ބެލުމަށް ސްޓެލްކޯ ގެ އެމް.ޑީ ހާޒިރުކުރެއްވުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު މިހާތަނަށް ކަރަންޓުގެ އަގަށް އައިސްފައިވާ ބަދަލުތަކާއި ކަރަންޓް އަގު ހުޔޮކުރުމުގައި ދިމާވާ ދަތިތަކާއި އަދި ފެނާއި ނަރުދަމާގެ މަސައްކަތް މިހާރު އެ ކުންފުނިން ކުރަމުންދާ ރަށްތަކުގެ މަޢުލޫމާތު ހޯއްދެވުމަށް އެ ކުންފުނީގެ ބޯޑު މެންބަރުންނާ ބައްދަލުކުރެއްވުމަށް ނިންމެވިއެވެ. އަދި ކަރަންޓާ ފެނާ ގުޅޭ މައްސަލަތަކާ ގުޅޭގޮތުން ސްޓެލްކޯގެ ބޭފުޅުންނާއެކު އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީއާއި މޯލްޑިވްސް އެނަރޖީ އޮތޯރޓީއާއެކު އެހެން ބައްދަލުވުމެއް ބޭއްވުމަށް ވެސް ކޮމިޓީގައި ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
7 ނޮވެމްބަރު 2019 - ސްޓެލްކޯއާ ގުޅޭގޮތުން ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރެއްވުން
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA