ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

10 މާރިޗު 2020 14:00

ނަންބަރު

23

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2020 ވަނަ އަހަރުގެ 23 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަ ކަމެއްގެ ގޮތުން އެޖެންޑާ ކުރެވިފައިވަނީ ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު އަލްފާޟީލާ ފާޠިމަތު އާމިރާއާ ބައްދަލުކޮށް ސުވާލު ކުރުމެވެ. އެގޮތުން މިބައްދަލުވުމުގައި ތިރީގައިވާ ލިޔެކިޔުންތައް ހޯއްދެވުމަށް އެ ކޮމިޓީންވަނީ ފާސްކުރައްވާފައެވެ. 1. 20 ޖަނަވަރީ 2020 ގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް ޢައްނަނުކުރެއްވި ޕަރމަނަންޓް ސެކްރެޓަރީ ޢައްޔަނުކުރުމާ ގުޅޭގޮތުން ތިޔަ ކޮމިޝަނުގައި ބޭއްވި އެންމެހައި ބައްދަލުވުންތަކުގެ ޔައުމިއްޔާ؛ 2. 20 ޖަނަވަރީ 2020 ގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް ޢައްނަނުކުރެއްވި ޕަރމަނަންޓް ސެކްރެޓަރީ ޢައްޔަނުކުރެއްވުމުގައި ސިވިލް ސަރވިސް ކޮމިޝަނުން އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރެއްވިކަމަށް އެ މިނިސްޓްރީން ފާހަގަކޮށްފައިވާތީ، އެކަން އެގޮތަށް ދިމާވި ސަބަބު؛ 3. ކޮމިޝަނުގެ ބައްދަލުވުންތަކަށް ކޮމިޝަނުގެ މެންބަރުން ހާޒިރުވެވަޑައިގެންފައިވާ ގޮތުގެ ތަފްޞީލު؛ އަދި 4. ސިވިލް ސަރވިސް މުވައްޒަފުންގެ ޢައްޔަނުކުރުމާއި، ވަކިކުރުމާއި، އިސްލާޙީ ފިޔަވަޅު އެޅުމާއި މި ނޫންވެސް ސިވިލް ސަރވިސް މުވައްޒަފުންނާ ގުޅުންހުރި ކަންކަން ހަރުދަނާ ކުރެއްވުމަށާއި، ކޮމިޝަނުގެ ހިންގެވުމުގައި ހުރި މައްސަލަތައް ޙައްލުކުރެއްވުމަށްޓަކައި ކޮމިޝަނުގެ މެންބަރު ފާޠިމަތު އާމިރާ ހުށަހަޅުއްވާފައިވާ އެންމެހައި ކަންތައްތަކާގުޅޭ ލިޔެކިޔުންތައް.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA