މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2020 ވަނަ އަހަރުގެ 24 ވަނަ ބައްދަލުވުން

10 މާރިޗު 2020 15:30 ނަންބަރު 24

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުނާ ބައްދަލުކުރެއްވުމެވެ. މި ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުން ދިވެހިރާއްޖޭގެ ބައެއް މީޑިއާތަކުން ދޮގު ޚަބަރުތައް ފަތުރަމުންދާތީ ދިވެހިރާއްޖޭގައި ހިންގަމުންދާ ޕްރިންޓް އަދި އޮންލައިން ނޫސްތަކީ ރަޖިސްޓަރީ ކޮށްގެން ހިންގަމުންދާ ނޫސްތަކެއްތޯ ސާފުކުރެއްވުމުގެ އިތުރުން، ޕްރިންޓް އަދި އޮންލައިން ނޫސްތަކުން ފަތުރާ ޚަބަރުތަކުގެ ސަބަބުން ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ މުއައްސަސާތަކާއި އަދި ޢާންމުންގެ ހުރި ކަންބޮޑުވުންތައް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ބައެއް މީޑިއާ ތަކުން އަޚްލާގީ މިންގަނޑާއި ހަމަތައް ކަށަވަރުކޮށްފައި ނުވާކަމާއި އަދި ދޮގު ޚަބަރުތައް ފަތުރަމުން ދާ އިރުވެސް މޯލްޑިވްސް މީޑިއާ ކައުންސިލް އިން އެފަދަ ފަރާތްތަކާމެދު ފިޔަވަޅުއަޅާފައިނުވާކަން ކޮމިޓީން ފާހަގަކުރެއްވިއެވެ. އަދި ދޮގު ޚަބަރު ފަތުރަމުން ދާ މީޑިއާތަކާމެދު މޯލްޑިވްސް މީޑިއާ ކައުންސިލް އިން ފިޔަވަޅު އަޅާތޯ ކަށަވަރު ކުރަމުންގެންދިއުމަށްވެސް ކޮމިޓީން އެ ކޮމިޝަނަށް މަޝްވަރާ ދެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

4 މާރިޗު 2020

މޯލްޑިވްސް މީޑިއާ ކައުންސިލާ ބައްދަލު ކުރެއްވުން

ކުރިޔަށް ދަނީ

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA