ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

25 ފެބްރުއަރީ 2020 14:00

ނަންބަރު

10

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 10 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އައިލެންޑް އޭވިއޭޝަން ސަރވިސްގެ ވެރިންގެ މުސާރަ ބޮޑުކޮށްފައިވާތީ އެ ކުންފުނީގެ މުވައްޒަފުން ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. މިގޮތުން އެ ކުންފުނީގެ އެކްސްޕޭންޝަން ޕްލޭންސްއާއި ކުންފުންޏަށް އާ މުވައްޒަފުން ނެގިފައިވަނީ އެ ޕްލޭންތަކާ ގުޅުވައިގެންތޯއާއި ކުންފުނީގެ ލިކުއިޑިޓީ، ޕްރޮފިޓެބިލިޓީ، ރިސީވެބްލްސްއާ ދޭތެރޭ ބޯޑުން ދެކިލައްވާގޮތެއް ހޯދުމަށް އެ ކުންފުންޏަށް ސިޓީ ފޮނުއްވަން ނިންމެވިއެވެ. އަދި ކުންފުނިން ގެންނަ އިންޖިނިއަރިންގ އިކުއިޕްމެންޓް ގަންނަނީ އޭވިއޭޝަންގެ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ އަދި އޭވިއޭޝަންގެ ދާއިރާގެ އޮތޮރައިޒްޑް ޑީލަރެއްގެ އަތުން ބައްލަވައިގަންފައިވާ އިކުއިޕްމެންޓްތަކެއްތޯ ބެއްލެވުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ސިޓީ ފޮނުއްވަން ނިންމެވިއެވެ. އަދި މި މައްސަލައާ ގުޅޭގޮތުން އެ ކުންފުންޏަށް އަންނަނިވި ކަންތައްތައް ކުރެއްވުމަށް ދެންނެވުމަށް ފޭދޫ ދާއިރާގެ މެންބަރު ހުށަހެޅުއްވިއެވެ. މި ހުށަހެޅުއްވުމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު ތާއިދުކުރެއްވިއެވެ. 1. ދައުލަތުގެ އެހެން ކުންފުނިތަކުގެ ޕްރޮކިއުމަންޓް އުޞޫލުތަކަށް ރިޢާޔަތްކޮށް އައިލެންޑް އޭވިއޭޝަން ސަރވިސް އިން އިންޖިނިއަރިންގް ޕްރޮކިއުމަންޓް، ޖެނެރަލް ޕްރޮކިއުމަންޓް ޕޮލިސީ އަދި ހިއުމަން ރިސޯސް ޕޮލިސީ މުރާޖަޢާކޮށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ލަފާގެ މަތިން އެ ޕޮލިސީ އިމްޕްލިމެންޓްކުރުމަށް؛ 2. މުވައްޒަފުންނަށް މަޤާމާއި މުސާރަ ކުރިއެރުންދިނުމުގައި ޕޮލިސީއެއް ކަނޑައަޅައި އެ ޕޮލިސީ އެޕްރޫވްކުރެއްވުމަށްފަހު މުވައްޒަފުންނަށް ޢާންމުކޮށް އެއާ އެއްގޮތަށް ޕްރޮމޯޝަންދިނުމަށާއި، މަޤާމަށް އަންނަ ކުރިއެރުމާއި އެއްވަރަށް ކުރަންޖެހޭ މަސައްކަތާއި ޒިންމާތަކަށް ބަދަލުގެނެސް ވަޒީފާގެ އެއްބަސްވުމަށް އެ ބަދަލުތައް ގެނައުމަށް؛ 3. މުވައްޒަފުން ރެކްރޫޓްކުރުމަށް ކުރިއަށް ގެންދާ އިންޓަވިއު ތަކުން ވަޒީފާއަށް ޤާބިލް ނޫންކަމަށް ފާހަގަކުރެވޭ ފަރާތްތަކަށް ކުންފުނިން ވަޒީފާ ނުދިނުމަށް؛ 4. ކުންފުނީގައި ތިބި ޢަދަދަށްވުރެ އިތުރަށް މުވައްޒަފުން ވައްދާނަމަ މުވައްޒަފުން ބޭނުންވާ ދާއިރާތަކާއި ބޭނުންވާ މުވައްޒަފުންގެ ޢަދަދު ބެލުމަށް އެސެސްމެންޓެއް ހެދުމަށްފަހު އެ އެސެސްމެންޓް ނަތީޖާއާ އެއްގޮތަށް ހަމައެކަނި މުވައްޒަފުން އިތުރަށް ބޭނުންވާ ދާއިރާތަކަށް ނޫނީ ކުންފުންޏަށް އިތުރު މުވައްޒަފުން ނުވެއްދުމަށް؛ 5. ކުންފުނީގެ ވެރިންނާ މުވައްޒަފުންގެ މަޤާމްތަކުގެ މުސާރައާއި އެލަވަންސްތައް ބޮޑުކުރުމުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސްގެ އިން ހުއްދަ ހޯދުމަށްފަހު، މިނިސްޓްރީގެ ލަފާގެ މަތިން މުސްތަޤްބަލުގައި މުސާރައާއި ޢިނާޔަތްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް؛ އަދި ސެކްޓަރަ ވައިޒްކޮށް ކުންފުނީގެ ރެވެނިއު، އިންކަމްސް، އެކްސްޕެންސް އެނގޭގޮތަށް ކުންފުނީގެ ސިއްރު އެއްޗެއްގެ ގޮތުގައި މެނޭޖްމެންޓް އެކައުންޓްސް ހެދުމަށް އައިލެންޑް އޭވިއޭޝަން ސަރވިސްއަށް ދެންނެވުމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ހުށަހަޅުއްވައި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ތާއިދުކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA