ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

26 ފެބްރުއަރީ 2020 14:00

ނަންބަރު

11

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 11 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި މާލޭގެ ބިމުގެ ދަތިކަން ތަޙައްމަލްކުރަމުންދާ ރައްޔިތުންނަށް ދިނުމުގެ ބަދަލުގައި ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ވިއްކުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ނިންމާފައިވާތީ، އެއީ ބަލައިގަނެވޭނެކަމެއް ނޫންކަމަށާއި ވަގުތުން ހުއްޓުވަންޖެހޭ ކަމެއްކަމަށް ބަޔާންކޮށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. މިގޮތުން މި މައްސަލައާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއަށް ސިޓީ ފޮނުއްވަން ނިންމެވިއެވެ. އަދި ހުޅުމާލެ އަކީ މާލޭގެ އަވަށަކަށް ވާއިރު، ހުޅުމާލެ ބަލަހައްޓަމުން ގެންދަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ނޫނީ މާލޭ ސިޓީ ކައުންސިލުންތޯ ބެއްލެވުމަށް އެ ކައުންސިލަށް ސިޓީ ފޮނުއްވަން ނިންމެވިއެވެ. އެއަށްފަހު، "ޕެލިކަން" ބޯޓު ކެރިގަނޑެއްގެ ތެރޭ ނ.އަތޮޅު މަނަދޫ ނެރުމައްޗަށް އަރައި ބޯޓު ހަލާކުވެދިއުމުގެ ސަބަބުން، ބޭންކް އޮފް މޯލްޑިވްސް އަށް ދައްކަންޖެހިފައިވާ ދަރަންޏާއި ރަހުނު ކުރެވިފައިވާ ގޯތި ގެދޮރު ނީލަމުގައި ވިއްކާލެވޭ ހިސާބަށް ގޮސްފައިވާތީ، މިކަމުގައި ޙައްލެއް ހޯއްދަވައިދެއްވުން އެދި ޔޫސުފް ޙަސަން/ މިލޭނިއަމް، ނ. މާޅެންދޫ ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. މިގޮތުން ޔޫސުފް ޙަސަނަށް އެހާ ބޮޑު ގެއްލުމެއް ލިބިފައިވަނީ "ޕެލިކަން" ބޯޓުގެ އިންޝުއަރެންސްގެ މުއްދަތު ހަމަވެ، އެ ފަރާތުން ނަގަންޖެހޭ ޒިންމާއެއް އަދާނުކުރެވި އޮތުމުގެ ސަބަބުންކަމަށާއި، އެ މުޢާމަލާތަކީ ބޭންކް އޮފް މޯލްޑިވްސްއާއި އެ ފަރާތާ ދެމެދު ވެވިފައިވާ ވިޔަފާރި އެއްބަސްވުމެއްކަމުން އެކަމަކީ އެ ކޮމިޓީއަށް ބެލުމުގެ އިޚްތިޞާޞް އޮތް މައްސަލައެއް ނޫންކަމަށް އެފަރާތަށް ދެންނެވުމަށް ތޮއްޑޫ ދާއިރާގެ މެންބަރު ޙަސަން ޝިޔާން ހުށަހަޅުއްވާ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ތާއިދުކުރެއްވިއެވެ. މި ހުށަހަޅުއްވުމަށް ވޯޓަށް އެއްސެވުމުން ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އަޣުލަބިއްޔަތުން އެ ހުށަހެޅުއްވުން ފާސްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA