ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

4 މާރިޗު 2020 14:00

ނަންބަރު

14

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 14 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީއާ ގުޅޭގޮތުން ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް އެ ކުންފުނީގެ ބޭފުޅުންނާ ބައްދަލުކުރެއްވިއެވެ. 1. ސްޓެލްކޯ ލޓޑ އިން ވަނީ ނިމިދިޔަ ސަރުކާރުގައި ސްޓެލްކޯގެ މުވައްޒަފުންގެ "ހެލްތް އިންޝިއުރެންސް" އުވާލާފައިކަމާ، މީގެ އިތުރުން ސެޓެލްކޯގެ ޕޭ ސްޓްރަކްޗަރ ބަދަލުކޮށް 10 އަހަރަށް ވުރެ ގިނަދުވަހު ޙިދުމަތްކޮށްފައިވާ މުވައްޒަފުންނަށް ދޭ "ލޯންގސާރވިސް އެލެވަންސް" އާއި މަތީ ތައުލީމް ޙާސިލްކުރުމަށް ދޭ "ޕްރޮފެޝަނަލް އެލަވަންސް" ވެސް މިހާރު ހުއްޓާފައިވާކަން ފާހަގަކުރައްވާ، 10 ނޮވެމްބަރު 2019ގައި ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަ. 2. ނިމިދިޔަ ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރަމުންދާ ފްލެޓްތައް މުވައްޒަފުންނަށް ދިނުމުގައި ސްޓެލްކޯގައި ވަނީ މުވައްޒަފުންނަށް ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައިކަމަށް ފާހަގަކުރައްވާ، 07 ނޮވެމްބަރު 2019 ގައި ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަ. 3. ދިވެހިރާއްޖޭގެ ކަރަންޓް އަގު ހެޔޮވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެއްކަމަށްވެފައި، މިހާތަނަށް ކަރަންޓުގެ އަގަށް އައިސްފައިވާ ބަދަލުތަކާއި ކަރަންޓުގެ އަގު ހެޔޮކުރުމަށް ރޭވިފައިވާ ކަންތައްތަކާއި ކަރަންޓުގެ އަގު ހެޔޮނުކުރެވިވާ ސަބަބުތަކާއި، ދިމާވާ ގޮންޖެހުންތައް ސާފުކުރެއްވުމަށް ސްޓެލްކޯ ގެ އެމް.ޑީ ހާޒިރުކުރެއްވުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައިވާ މައްސަލަ. މިގޮތުން އެ ކުންފުނީގެ މުވައްޒަފުންނާ ގުޅޭ އުޞޫލުތަކާއި، އެ ކުންފުނީގެ މުވައްޒަފުންގެ ހެލްތު އިންޝުއަރެންސް އަދި ކުންފުނިން ކުރައްވާފައިވާ ދަތުރުތަކާ ގުޅޭގޮތުން މެންބަރުން މަޢުލޫމާތު ސާފުކުރެއްވިއެވެ. އަދި ކުންފުނީގެ މުވައްޒަފުންގެ ގިނަ ޝަކުވާތަކެއް ކޮމިޓީއަށް ހުށަހަޅަމުންދާތީ، ކުންފުނީގެ ވެރިން މުވައްޒަފުންނާ ގާތް ގުޅުމެއް އުފައްދާ މައްސަލަތައް ޙައްލުކުރެއްވުމަށް މަސައްކަތްކުރުމަށާއި އަދި މުވައްޒަފުންނާ ގުޅޭ އުޞޫލުތަކަކީ ވަރަށް ކުރިއްސުރެ ހެދިފައިވާ އުޞޫލުތަކެއްކަމުން، ކުންފުނީގެ ބޯޑުން އެ އުޞޫލުތައް މުރާޖަޢާކުރެއްވުމަށް ކޮމިޓީން އެދިވަޑައިގެންނެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
7 ނޮވެމްބަރު 2019 - ސްޓެލްކޯއާ ގުޅޭގޮތުން ކޮމިޓީއަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާކުރެއްވުން
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA