ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

9 މާރިޗު 2020 14:00

ނަންބަރު

15

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 15 ވަނަ ބައްދަލުވުން

ޚުލާސާ

1. މިއަދުގެ ބައްދަލުވުމުގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ ސަބްސިޑިއަރީއެއްކަމަށްވާ މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑްއިން ރާއްޖެއިން ބޭރުން ގޭސްގަތުމުގައި، ކޮރަޕްޝަންއަށް މަގުފަހިވާގޮތަށް ކަންތައްތަކެއް ހިންގާކަމަށް ތުޙުމަތު ކުރެވޭތީ، އެ މައްސަލަ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް އަނބުރާ ކޮމިޓީއަށް ފޮނުވުމަށް މަޖިލީހުން ފާސްކޮށްފައިވާތީ، އެ މައްސަލައާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. މިގޮތުން މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް އަދި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަންއިން މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށްފަހު، އެ މަޢުލޫމާތު ހިމަނައިގެން ކޮމިޓީ ރިޕޯޓް ނިންމެވުމަށް ކޮމިޓީން ފާސްކުރެއްވިއެވެ. 2. އެއަށްފަހު އައިލެންޑް އޭވިއޭޝަން ސަރވިސަސްގެ ވެރިންގެ މުސާރަ ބޮޑުކޮށްފައިވާތީ، އެ ކުންފުނީގެ މުވައްޒަފުން ހުށަހަޅާފައިވާ މައްސަލައާއި އައިލެންޑް އޭވިއޭޝަންގެ ޚާއްޞަ ރިވިއު ރިޕޯޓުގައި ފާހަގަކުރައްވާފައިވާ މައްސަލައިގައި ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވާ ރިޕޯޓްގައި ހިމަނާނެ ނުކުތާތަކާ މެދު މެންބަރުން މަޝްވަރާކުރެއްވިއެވެ. މިގޮތުން އެ ކުންފުނީގެ ޕްރޮފިޓެބިލިޓީ، ލިކުއިޑިޓީ އަދި ކޭޝްފްލޯއާ މެދު މިނިސްޓްރީ އޮފް ފިނޭންސް އިން ފެނިވަޑައިގަންނަވާ ގޮތެއް ހޯދުމަށް ސިޓީ ފޮނުއްވުމަށް ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA