ކޮމިޓީގެ ނަން

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

ތާރީޚް

15 މާރިޗު 2020 13:10

ނަންބަރު

11

2020 ވަނަ އަހަރުގެ 11 ވަނަ ބައްދަލުވުން

ޚުލާސާ

މި ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ ތަޢުލީމުގެ ބިލުގެ ސުންގަޑި ކަނޑައެޅުއްވުމުގެ މަސައްކަތެވެ. އެގޮތުން، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ހުށަހަޅުއްވައި ކުރެންދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަނީ ޢަބްދުލްޙަކީމް ތާއީދުކުރެއްވީ މި ބިލުގެ ސުންގަޑިއަކީ 30 އޭޕްރީލް 2020 ކަމުގައެވެ. އެ ހުށަހެޅުއްވުން ކޮމިޓީގެ އިއްތިފާޤުން ފާސްކުރެއްވިއެވެ. ދެން މިއަދުގެ ބައްދަލުވުމުގައި، ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ ބިލާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ކަމާ ގުޅުންހުރި 5 އިދާރާ އަކުން ކޮމިޓީއަށް ހާޒިރުކުރުމަށް ފާސްކުރެއްވިއެވެ. އެއީ؛ މިނިސްޓްރީ އޮފް ހައުސިންގް އެންޑް އަރބަން ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، މާލެ ސިޓީ ކައުންސިލް އަދި މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ އެވެ. މީގެ އިތުރުން، މެރިޓައިމް އިންޑަސްޓްރީއާ ގުޅޭގޮތުން ފޮނުއްވާފައިވާ ޤަރާރާއި ކަނޑު ދަތުރުކުރާ އުޅަނދު ފުންކުރުމުގައި ދިމާވާ ދަތިތަކާގުޅޭ ޤަރާރުގެ ސުންގަޑި މި ބައްދަލުވުމުގައި އިތުރުކުރެއްވިއެވެ. އެގޮތުން، މެރިޓައިމް އިންޑަސްޓްރީއާ ގުޅޭގޮތުން ފޮނުއްވާފައިވާ ޤަރާރުގެ ސުންގަޑިއަކީ 30 އޭޕްރީލް 2020 ކަމުގައި ކޮމިޓީގެ އިއްތިފާޤުން ފާސްކުރެއްވިއެވެ. އަދި، އެ ޤަރާރާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އިޤްތިޞާދީ ކޮމިޓީ އަދި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުއްވުމަށްވެސް ނިންމެވިއެވެ. ކަނޑު ދަތުރުކުރާ އުޅަނދު ފުންކުރުމުގައި ދިމާވާ ދަތިތަކާގުޅޭ ޤަރާރުގެ ސުންގަޑިއަކީ 15 އެޕްރީލް 2020 ކަމުގައި ކޮމިޓީގެ އިއްތިފާޤުން ފާސްކުރެއްވިއެވެ. އަދި، އެ ޤަރާރާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް ފޮނުއްވުމަށްވެސް ނިންމެވިއެވެ. މިއަދުގެ ބައްދަލުމުގައި ދެން ކުރިއަށް ގެންދެވީ ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން، ބިލުގެ 31 ވަނަ މާއްދާއިން ފެށިގެން 37 ވަނަ މާއްދާގެ ނިޔަލަށް ދިރާސާކުރެއްވިއެވެ.

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA