ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

2020 ވަނަ އަހަރުގެ 12 ވަނަ ބައްދަލުވުން

16 މާރިޗު 2020 15:35 ނަންބަރު 12

ޚުލާސާ

މި ބައްދަލުވުމުގައި ފުރަތަމަ ކުރިއަށް ގެންދެވީ މެރިޓައިމް އިންޑަސްޓްރީއަށް ކުރިމަތިވަމުންދާ ދަތިތަކާ ގުޅޭގޮތުން ފޮނުއްވާފައިވާ ޤަރާރުގެ ސުންގަޑި ކަނޑައެޅުއްވުމުގެ މަސައްކަތެވެ. އެގޮތުން، ގެމަނަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަޢީދު ހުށަހަޅުއްވައި ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ތާއީދުކުރެއްވީ ބިލުގެ ސުންގަޑިއަކީ 23 ޖޫން 2020 ކަމުގައެވެ. އެ ހުށަހެޅުއްވުން ކޮމިޓީގެ އިއްތިފާޤުން ފާސްކުރެއްވިއެވެ. މީގެ އިތުރުން، ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރެއްވުމުގެ މަސައްކަތް މި ބައްދަލުުމުގައި ކުރިއަށް ގެންދެވިއެވެ. އެގޮތުން، އެ ބިލުގެ 38 ވަނަ މާއްދާއިން ފެށިގެން ބިލު ނިމެންދެން ފާސްކުރެއްވިއެވެ. އަދި، ކުރިން ފާސްނުކުރައްވާ ހުރި އެ ބިލުގެ 1 ވަނަ މާއްދާއާއި، 3 ވަނަ މާއްދާއާއި، 4 ވަނަ މާއްދާއާއި، 5 ވަނަ މާއްދާއާއި އަދި 6 ވަނަ މާއްދާވެސް މި ބައްދަލުވުމުގައި ކޮމިޓީން ފާސްކުރެއްވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

26 ނޮވެމްބަރު 2019

ޤާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA