ކޮމިޓީގެ ނަން

މިނިވަން މުއައްސަސާތަކުގެ ކޮމިޓީ

ތާރީޚް

16 މާރިޗު 2020 14:10

ނަންބަރު

27

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2020 ވަނަ އަހަރުގެ 27 ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ފުރަތަމަކަމެއްގެ ގޮތުން ކޮމިޓީގެ ހިންގާ ގާވާއިދަށް އިޞްލާޚު ގެނައުމަށް އެޖެންޑާ ކުރެވިފައިވާތީ އެ މައްސަލައަށް ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރެވުނެވެ. އެގޮތުން ކޮމިޓީގެ ހިންގާ ގަވާއިދުގައި ވޯޓިން ކޯރަމެއް ކަނޑައެޅިފައި އޮތުން މުހިންމުކަމެއްކަމަށް ދެކޭތީ އެކަމަކީ ކޮމިޓީގެ ހުރިހާ މެންބަރުންވެސް ޤަބޫލުކުރައްވާގޮތުގައި ކަނޑައެޅި ބަޔާންކޮށްފައި އޮތުން މުހިންމު ކަމެއްކަމަށްވާތީ މި ގޮތަށް އިޞްލާޚު ގެނައުމަށް ކޮމިޓީއަށް ހުށަހެޅުނެވެ. އެގޮތުން ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބދުﷲ ހުށަހަޅުއްވައި ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ގާސިމް ތާއިދުކޮށްފައިވާ ހުށަހެޅުމުގައިވަނީ "ކޮމިޓީން މައްސަލައެއް ބަލައި ނިމުމުން އެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވަންޖެހޭ ކޮންމެ ހާލަތެއްގައި އެ ރިޕޯޓެއް ކޮމިޓީން ފާސްކުރާނީ މަދުވެގެން ކޮމިޓީގެ 7 މެންބަރުންގެ ވޯޓުންނެވެ." މި ހުށަހެޅުމަށް ވޯޓަށް އެއްސެވުމުން އެ ވަގުތު ކޮމިޓީގައި ހާޟިރުވެވަޑައިގެން ވޯޓު ދެއްވި މެންބަރުންގެ އިއްތިފާގުން މި ހުށަހެޅުންވަނީ ފާސްވެފައެވެ. އެއަށްފަހު ކޮމިޓީގައި ދެވަނަ ކަމެއްގެ ގޮތުން މަޝްވަރާ ކުރެވުނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ އަހަރު ރިޕޯޓާ ގުޅޭގޮތުން އެ ކޮމިޝަނާއެކު ބޭއްވުނު ބައްދަލުވުމުގައި އެ ރިޕޯޓާ ގުޅޭގޮތުން ކޮމިޓީއަށްހިއްސާ ކުރެވުނު މަޢުލާމާތާގުޅޭގޮތުންނެވެ. އެ ގޮތުން ކޮމިޓީގެ މެންބަރުންގެ މެދުގައި އެ ރިޕޯޓާ ގުޅިގެން ފާހަނގަކުރެވުނު މައްސަލަތަކަށް މަޝްވަރާކުރެވުނެވެ. އެގޮތުން ކެޔޮދޫ ދާއިރާގެ މެންބަރު ހުސައިން ޤާސިމް ހުށަހެޅުއްވީ އެ ރިޕޯޓުގައި ހިމެނިފައިވާ އެ ކޮމިޝަނުން ބައްލަވާފައިވާ "ބާވަތުގެ" މައްސަލަތައް އޮޅުންފިލާގޮތަށް ކޮމިޓީއަށް ފޮނުއްވައި ދެއްވުމަށެވެ. އިސްދޫ ދާއިރާގެ މެންބަރު ޢަލީ ހަމީދު ހުށަހަޅުއްވާފައިވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ބައްލަވައި ނިންމަވާފައިވާ މައްސަލަތައް ނިންމުމަށްފަހު ކޮމިޝަނުން އެޅުއްވީ ކޮން ފިޔަވަޅެއްކަން މި ކޮމިޓީން ސާފުކުރުން މުހިންމުކަމަށް. އަދި އެއަށްފަހު، ޤާނޫނު ނަންބަރު 2008/8 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) އަށް އިސްލާހުގެނައުމުގެ ބިލު ދިރާސާކުރައްވާ ނިންމެވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA