ކޮމިޓީގެ ނަން

ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ

ތާރީޚް

16 މާރިޗު 2020 15:30

ނަންބަރު

17

ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ 2020 ވަނަ އަހަރުގެ 17 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި އެސް.ޓީ.އޯ ފާމަސީއިން މުއްދަތު ހަމަވެފައިވާ މެޑިކަލް ކޮންސިއުމަބްލްސް ވިއްކަމުންދާކަމުގެ މަޢުލޫމާތު ލިބެމުންދާތީ، އެ މައްސަލަ ބައްލަވައިދެއްވުމަށް އެދި ހުށަހަޅުއްވާފައިވާ މައްސަލައާއި ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވިއެވެ. މިގޮތުން އެ މައްސަލައިގައި ކޮރަޕްޝަންގެ ޢަމަލެއް ހިނގާފައިވާކަމަށް ކޮމިޓީއަށް ފެނިވަޑައިގަންނަވާތީ، އަންނަނިވި މައްސަލަތައް ބައްލަވައި، އިޙްމާލުވެފައިވާ ފަރާތްތަކާއި ފިޔަވަޅު އަޅުއްވަންޖެހޭ ފަރާތްތައް ބަޔާންކޮށް 14 ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ރިޕޯޓެއް ހުށަހެޅުއްވުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ކޮމިޝަނަށް ސިޓީ ފޮނުއްވުމަށް ކޮމިޓީގައި ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންގެ އިއްޠިފާޤުން ނިންމެވިއެވެ. 1. Atocor 40mg ގެ ބޭސް ބަލި މީހުންނަށް ލިޔެދިނުމަށް ރާއްޖޭގެ ގިނަ ޑޮކްޓަރުން ފަސްޖެހުމުގެ ސަބަބުން އަންދާޒާކުރެވުނު ގޮތަށް އެ ބޭސް ވިކިފައިނުވާތީ، 27 މެއި 2016 ގައި އިމްޕޯޓްކުރި އެ ބޭހުގެ ބެޗް ނަންބަރު C602700 ގެ ބޮޑު ބައެއް 2018 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް މުއްދަތު ހަމަވެފައިވާއިރު، އެ ބޭހުގެ އިތުރު ބެޗެއް C808113 13 ޑިސެންބަރު 2018 ގައި އޯޑަރުކޮށްފައިވާ މައްސަލަ؛ އަދި 2. އެ ކުންފުނީގެ ސިޓީ ނަންބަރު 60/57/2019/7 (13 އޮކްޓޫބަރު 2019) ގައި ބަޔާންކޮށްފައިވާ ވޭތުވެދިޔަ 5 އަހަރު އެ ކުންފުނިން ގަނެފައިވާ ބޭހާއި މެޑިކަލް ސަޕްލައިޒްގެ މުއްދަތު ހަމަވިއިރު ނުވިކި ހުރި އެއްޗެހީގެ ޢަދަދު ބޮޑުކަމާއި އަހަރުން އަހަރަށް އެ ޢަދަދު ވަރަށް ބޮޑުތަނުން ތަފާތުވެފައިވާ މައްސަލަ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA