ކޮމިޓީގެ ނަން

ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

ތާރީޚް

7 އޭޕްރީލު 2020 16:00

ނަންބަރު

15

2020 ވަނަ އަހަރުގެ 15 ވަނަ ބައްދަލުވުން

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ، ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ރޯގާ ގުޅިގެން، މުވާޞަލާތީ ޚިދުމަތްދޭ ކުންފުނިތަކުން ރައްޔިތުންނަށް އެކަށީގެންވާ ލުޔެއްދީފައި ނުވާކަމަށް ފާހަގަކުރައްވައި، މޯލްޑިވްސް ކޮމިއުނިކޭޝަންސް އޮތޯރިޓީގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރަމުން ނުދަނީ ކީއްވެތޯ ސާފުކުރެއްވުމަށް، މި ކޮމިޓީއަށް އެ އޮތޯރިޓީ ހާޒިރުކޮއްދެއްވުމަށް އެދިވަޑައިގެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ފޮނުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވުމެވެ. މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހު ކޮމިޓީން ނިންމަވާފައިވަނީ، ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ރޯގާެއާ ގުޅިގެން ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އިންޓަރނެޓުގެ ޚިދުމަތް ޒަރޫރީ ބޭނުމެއްގެގޮތުގައި ބޭނުންކުރަންޖެހިފައިވާތީ، އެކަމުގައި ރައްޔިތުންނަށް ލުޔެއް ހޯއްދަވައިދެއްވުމުގެގޮތުން ސަރުކާރުން ކުރައްވާފައިވާ މަސައްކަތްތަކުގެ ނަތީޖާއެއްގެގޮތުން މުވާޞަލާތީ ޚިދުމަތްދޭ ކުންފުނިތަކުގެ އަގުތަކަށް އެކަށީގެންވާފަދަ ހެޔޮ ބަދަލުތަކެއް ގެނެސްފައިވާކަމަށް ކޮމިޓީގެ މެންބަރުންނަށް ފާހަގަކުރެއްވޭތީ، މި ދަނޑިވަޅުގައި މޯލްޑިވްސް ކޮމިއުނިކޭޝަންސް އޮތޯރިޓީގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރައްވައި އެ މައްސަލަ ކޮމިޓީގައި އިތުރަށް ކުރިއަށް ގެންދިއުމަށް ނުފެންނަކަމަށެވެ. މީގެ އިތުރުން، ރައްޔިތުންނަށް ލުއި ލިބޭނެފަދަ ގިނަ ވަޞީލަތްތަކެއް މުވާޞަލާތީ ޚިދުމަތްދޭ ކުންފުނިތަކުން ތަޢާރަފްކުރައްވާފައިވާކަމަށް މެންބަރުން ފާހަގަކުރެއްވިއެވެ.

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA