ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

2020 ވަނަ އަހަރުގެ 16 ވަނަ ބައްދަލުވުން

4 މޭ 2020 14:13 ނަންބަރު 16

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ ކޮމިޓީއަށް ހުށަހަޅުއްވާފައިވާ އަންނަނިވި މަސައްކަތްތައް ނިންމުމަށް ކޮމިޓީން ކުރިން ކަނޑައަޅާފައިވާ ސުންގަޑި، 30 ޖޫން 2020 ގެ ނިޔަލަށް އިތުރުކުރެއްވުމުގެ މަސައްކަތެވެ. 1. ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު؛ 2. ކަނޑު ދަތުރުކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަންދިނުން އިތުރުކުރުމަށްޓަކައި ހުށަހަޅާ ޤަރާރު؛ 3. ގޯތިގެދޮރު ކުއްޔަށްދިނުމާބެހޭ ބިލު؛ އަދި 4. ތަޢުލީމުގެ ބިލު. އަދި މިއަދުގެ ބައްދަލުވުމުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 އާ ގުޅިގެން، 3 މިނިސްޓްރީއެއްގެ މަސައްކަތްތަކަށް އައިސްފައިވާ ބަދަލުތަކާއި މި ޙާލަތަގައި އެ މިނިސްޓްރީ ތަކުން ކުރެއްވުމަށް ރާއްވަވާފައިވާ މަސައްކަތްތަކާމެދު މަޝްވަރާކުރެއްވުމަށް ކޮމިޓީންވަނީ ނިންމަވާފައެވެ. އެގޮތުން ކޮމިޓީން ބައްދަލުކުރެއްވުމަށް ނިންމެވި މިނިސްޓްރީ ތަކަކީ، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ، މިނިސްޓްރީ ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަންއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

31 އޯގަސްޓު 2020

ކަނޑު ދަތުރު ކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދިނުން އިތުރުކުރުމަށްޓަކައި ހުށަހަޅާފައިވާ ޤަރާރު

ކޮމެޓީ މަސައްކަތް ނިމިފައި

4 މޭ 2020

ކޮމިޓީން ސުންގަޑި ކަނޑައަޅުއްވާފައިވާ މަސައްކަތްތަކުގެ ސުންގަޑި އާމެދު ގޮތެއް ނިންމެވުން

ކޮމެޓީ މަސައްކަތް ނިމިފައި

10 މާރިޗު 2020

ތަޢުލީމުގެ ބިލު

ކޮމެޓީ މަސައްކަތް ނިމިފައި

4 މާރިޗު 2020

ދިރިއުޅުމަށްޓަކައި ގޯތިގެދޮރު ކުއްޔަށް ދިނުމާބެހޭ ބިލު

ކޮމެޓީ މަސައްކަތް ނިމިފައި

26 ނޮވެމްބަރު 2019

ޤާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު

ކޮމެޓީ މަސައްކަތް ނިމިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA