ކޮމިޓީގެ ނަން

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ

ތާރީޚް

19 ޖެނުއަރީ 2020 14:40

ނަންބަރު

3

2020 ވަނަ އަހަރުގެ 3 ވަނަ ބައްދަލުވުން

ޚުލާސާ

ކޮމިޓީގެ އިއްތިފާޤުން ނިންމެވީ، ތިރީގައިއެވާ ކަންކަން މަޖިލީހުގެ ރައީސަށް ދެންނެވުމަށެވެ. 1. ހައި ރިސްކް ޢާއިލާތައް ދެނެގަނެވޭނެ ކްރައިޓީރިއާއެއް 2 ދުވަހުގެ ތެރޭގައި އެކުލަވާލެއްވުން؛ 2. 7 ދުވަހުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަށް ލިބިފައިހުރި މަޢުލޫމާތުތަކުން އެ ކްރައިޓީރިއާއަށް ފެތޭ ޢާއިލާތައް ފާހަގަކުރެއްވުމަށާއި، އަދި އެ ޢާއިލާތަކުގެ ލިސްޓެއް އެކުލަވާލެއްވުން؛ 3. އަދި ދައުލަތުގެ އިދާރާތަކުގެ ސަމާލުކަމަށް ގެނެވިފައިނުވާ ހައި ރިސްކް ޢާއިލާތައް ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތައް މެދުވެރިކޮށް ދެނެގަނެ އެ ޢާއިލާތައް ހައި ރިސްކް ޢާއިލާތަކުގެ ލިސްޓުގައި 30 ދުވަހުގެ ތެރޭގައި ހިމެނުއްވުމަށާއި، އެފަދަ ޢާއިލާތައް މޮނިޓަރކުރެވޭނެ ނިޒާމެއް ޤާއިމުކުރެއްވުން؛ 4. މުޖްތަމަޢުގެ ތެރޭގައި ދޫވެފައިވާ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުކުރެވިފައިވާ ފަރާތްތައް މޮނިޓަރކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރައްވާކަން 30 ދުވަހުގެ ތެރޭގައި ކަށަވަރުކުރެއްވުން؛ 5. ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ތަޙްޤީޤީ މަރުހަލާގައާއި ޝަރުޢީ މަރުހަލާގައި އަވަސްކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން މަޝްވަރާކުރައްވައި އެފަދަ މައްސަލަތައް އަވަހަށް ނިންމެވުމަށް އެންމެ އެކަށީގެންވާ މުއްދަތެއް ކަނޑައެޅުއްވުމަށް ނިޒާމެއް ގެންނަން ފެނިވަޑައިގަންނަވާ ބަދަލުތަކާއި ޤާނޫނުތަކަށް ގެންނަން ފެނިވަޑައިގަންނަވާ ބަދަލުތަކާ ގުޅޭ ގޮތުން ރިޕޯޓެއް އެކުލަވާލާ 30 ދުވަހުގެ ތެރޭގައި ކޮމިޓީއަށް ފޮނުއްވުން؛ 6. ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ މުވައްޒަފުންގެ އޮޑިޓެއް 30 ދުވަހުގެ ތެރޭގައި ހެއްދެވުން؛ އަދި 7. ޗައިލްޑް ޕްރޮޓެކްޝަން ޑޭޓާބޭސް އެންމެ ފުރިހަމަ ގޮތުގައި ކަމާބެހޭ ހުރިހާ ފަރާތްތަކަށް ބޭނުންކުރެވޭނެފަދަ ގޮތަކަށް ޤާއިމުކުރެއްވުމަށް 30 ދުވަހުގެ މުއްދަތެއް ދެއްވުން. މީގެ އިތުރުން، ވިޓްނެސް ޕްރޮޓެކްޝަން ބިލް އަދި އެވިޑެންސް ޕްރޮޓެކްޝަން ބިލުގެ މަސައްކަތް އަވަސްކޮށްދެއްވުން އެދި އެޓަރނީ ޖެނެރަލްގެ އޮފީހުގައި ދެންނެވުމަށް ނިންމަވާފައިވެއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް
17 ޖެނުއަރީ 2020 - ދެއަހަރު ނުފުރޭ ކުއްޖަކަށް ޖިންސީގޯނާކުރި މައްސަލަ
  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA