މާލިއްޔަތު ކޮމިޓީ

މާލިއްޔަތު ކޮމިޓީގެ 6 ވަނަ ބައްދަލުވުން

25 ޖޫން 2019 11:00 ނަންބަރު 6

ޚުލާސާ

މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވީ، މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީ A އާ ޙަވާލުކުރެވިފައިވާ އޮޑިޓް ރިޕޯޓްތައް އެކޮމިޓީން ދިރާސާކުރައްވާ ނިންމެވިގޮތުގެ ރިޕޯޓް މާލިއްޔަތު ކޮމިޓީއަށް ފޮނުއްވާފައިވާތީ، އެ ރިޕޯޓާމެދު މަޝްވަރާކުރެއްވުމުގެ މަސައްކަތެވެ. މިގޮތުން، މިރިޕޯޓާމެދު ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ހުށަހަޅުއްވާ، ކޮމަންޑޫ ދާއިރާގެ މެންބަރު ޙުސައިން ވަޙީދު ތާއީދުކުރެއްވީ، ސަބް ކޮމިޓީ A އިން މާލިއްޔަތު ކޮމިޓީއަށް ފޮނުއްވާފައިވާ ރިޕޯޓު މާލިއްޔަތު ކޮމިޓީއަށް ބަލައިގަނެ، އެ ރިޕޯޓް އޮތްގޮތަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށެވެ. މިހުށަހެޅުމަށް ވޯޓަށް އެއްސެވުމުން، ކޮމިޓީގައި ވަޑައިގެން ތިއްބެވި މެންބަރުންގެ ޢިއްތިފާޤުން މިހުށަހެޅުން ފާސްވެގެން ދިޔުމާއެކު، މާލިއްޔަތު ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ނިންމެވިއެވެ.

ބައްދަލުވުމުގައި ކުރެވުނު މަސައްކަތްތައް

25 ޖޫން 2019

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު (2010) ގެ 98 ވަނަ މާއްދާގެ (ޅ) ގެ ދަށުން މާލިއްޔަތު ކޮމިޓީއަށް ހުށަހެޅިފައިވާ ބައެއް އޮޑިޓް ރިޕޯޓުތައް މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓު

ރިޕޯޓް ހުށައެޅިފައި

ގުޅޭ ލިޔުންތައް

  • ބޭނުންވެލައްވާ މަޖިލިސް ޚިޔާރުކުރައްވާ

© 2024 ރައްޔިތުންގެ މަޖިލިސްގެ އިދާރާA